މިއަދު ހެނދުނު މާލެއިން ކަރަންޓު ކެނޑުނު މައްސަލަ ޙައްލުކޮށް، މުޅި މާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނީ، މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެ ކުންފުނީގެ މައި އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ.
"މައްސަލަ ޙައްލުކޮށް، މިހާރު ވާނީ މުޅި މާލެއަށް އަލުން ކަރަންޓު ދީފައި، އެހެންނަމަވެސް، އަދިވެސް ކަރަންޓުގެ ޚިދުމަތް ނުލިބޭ ފަރާތެއް ވާނަމަ، އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް އެދެން." ސްޓެލްކޯ
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދިފައެވެ.
މީގެ އިތުރުންީގެ އިތުރުން، ސްޓެލްކޯއިން އަންގާފައިވާ ގޮތުގައި، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެން، މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު މާލެ ސިޓީގެ އުނިގަސް މަގާއި މިރިޔާސް މަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ.

