މާފަންނު ގެއެއްގެ ހަތްވަނަ ފަންގިފިލާގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ކޮންޓްރޯލްކޮށް ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:38 ހާއިރުގައެވެ. ރިޕޯޓް ލިބުމާއެކު ވަގުތުން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އޮފިސަރުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް އަވަހަށް ގޮސް ހަރަކާތްތެރިވާނެ ފަށާފައެވެ.
އަލިފާން ރޯވެފައިވަނީ މ. ވީނަސްގޭގެ ހަތްވަނަ ފަންގިފިލާގައި ކަމަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނެފައިވެއެވެ.

