ރެޑް ވޭވް އައުޓްލެޓްތަކުގައި، ބީއެމްއެލް ކާޑު ބޭނުން ކޮށްގެން، ގިނަ އަދަދެއްގެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް ކާޑު ބޭނުންކޮށްގެން، ރެޑްވޭވް އިން ވިޔަފާރި ކުރާ ފަރާތްތަކަށް ގިނަ އަދަދެއްގެ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން 1 ފެބްރުއަރީން ފެށިގެން ހަފްތާއަކު ކޮންމެވެސް އެއް ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. އަދި 1 މާރިޗުން ފެށިގެން 7 އޭޕްރީލްގެ ނިޔަލަށް، ކޮންމެ ދުވަހަކު އެއް ކަސްޓަމަރަކަށް 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ކާމިޔާބުކުރުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ރެޑް ވޭވް އައުޓްލެޓްތަކުން 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއްގެ ވިޔަފާރި،، ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރަން ޖެހޭނެއެވެ. އަދި މިގޮތަށް ޝޮޕިންގ ކުރާ ފަރާތްތައް އޮޓަމެޓިކުން ޕްރޮމޯޝަނާ ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މަޢުލޫމާތު ބީއެމްއެލްގެ ވެބްސައިޓް..ފުރުސަތު، މައުލޫމާތު އިން ލިބިވަޑައިގަންނަވާނެއެވެ.

