ހުޅުމާލެ ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން ހުސްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންގައިފިއެވެ. މިކަން ފުލުހުން އަންގައިފައިވަނީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭ ޣާޒީ ސްކޫލް ކުރިމަތީ އޮންނަ ބިން 2025 ފެބުރުވަރީ 2 ވަނަ ދުވަހުގެ ކުރިން ހުސްކުރަން ބޭނުންވާ ކަމަށެވެ. އަދި މިކަމަށް ފަހި ކޮށްދިނުމަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުފަހަރާއި ބަހައްޓާފައިވާ އެހެނިހެން ތަކެތި ނެންގެވުމަށް ފުލުހުން އަންގާފައިވެއެވެ.

ހުސްކުރަން އަންގާފައިވާ ސަރަހައްދު ހިމެނޭ ފޮޓޯއެއް: ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުން ވިދާޅުވީ، ބިން ހުސްކުރަނީ އެޗްޑީސީގެ ބޭނުމަކަށް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފެބްރުވަރީ 2 ގެ ފަހުން، އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ތަކެތި އެހެން ސަރަހައްދުތަކަށް ބަދަލުކުރެވޭނެ ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ހާލަތްތަކުގައި ބެލުމުގެ ދަށަށް ވެސް ގެނެވޭނެ ކަމަށެވެ.

