މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޅ. މާފިލާފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތިނެއް، ހަތަރެއް އަދި ފަހެއް ވަނަ ދުވަހުގެ ހަވީރު 6:00 އިން ރޭގަނޑު 11:59 އާ ހަމައަށެވެ.
މި ތަމްރީނުތަކުގައި ބަޑިޖެހުން ހިމެނޭއިރު، ބަޑީގެ ވަޒަން ދަތުރުކުރާނީ މާފިލާފުށީގެ އިރު ދެކުނަށް 4600 މީޓަރު ދުރުމިނަށެވެ. އަދި ބަޑީގެ ވަޒަން ދަތުރުކުރާނީ 300 މީޓަރު އުސްމިނުގައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ.
މި ތަމްރީނުތަކާ ގުޅިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މި ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިވަޑައިގެންފައެވެ.

