ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގުރާމަކީ މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ލައިބްރަރީގެ އިތުރުން ޓޭލަރސް ޔުނިވަރސިޓީ މެލޭޝިޔާ އަދި ކިއުސްޓަޑީ މެލޭޝިޔާއާ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ޖުމްލަ 98 ޒުވާނުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިން އެއްތަނަކަށް ޖަމާވެ، އެ ބައިވެރިންގެ ފާޑުކިޔުމުގެ ވިސްނުމާއި، ޓީމްވޯކް އަދި ލީޑަރޝިޕް ހުނަރުތައް އިތުރަށް ހަރުދަނާކުރެވިގެންދިޔައެވެ.
މި ކޭމްޕް އަމާޒުކޮށްފައިވަނީ ޓީމް ބިލްޑިންގ އަދި ގާބިލުކަން އިތުރުކުރުމަށާއި ޒުވާނުންނަށް އަމިއްލަ ޒާތީ އަދި ވަޒީފާގެ ދާއިރާއިން ކުރިއެރުމަށް ބޭނުންވާ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމަށެވެ.
މި މަސައްކަތުގެ މަގްސަދަކީ ޝައުގުވެރިކަން ހުރި ހުރަކާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ތެރެއިން މުސްތަގުބަލުގެ ލީޑަރުން އުފެއްދުމެވެ.

