ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ކަމަށްވާ “ޕޮންގަލް” ފާހަގަ ކުރަން އުޅެނިކޮށް، ފުލުހުން އެކަން ހުއްޓުވައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައި ވާކަމަށެވެ.
“އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައި ވާކަމަށް އިންތިޒާމު ކުރި ފަރާތުން މައުލޫމާތު ދޭ،” އެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.
މި ފެސްޓިވަލް ރާއްޖޭގައި ފާހަގަކުރުމަށް ރާވާފައި އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.
ފުލުހުން އިތުރަށް ބުނީ، މިފަދަ ހަރަކާތްތައް ކުރިއަށްގެންދާ ނަމަ ފުލުހުން އެކަންކަން ހުއްޓުވާނެ ކަމަށެވެ.
ޕޮންގަލް އަކީ އިރަށް އަޅުކަން ކުރާ މީހުން، އިރަށް ޝުކުރު އަދާކުރުުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.

