ފުލުހުން ތަހުގީގުކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހޯދަން އިއުލާންކޮށްފައިވަނީ ޙުސައިން ޢަބްދުލްމަޖީދު، ދަފްތަރު ނަންބަރބު ރސ 3678/ މާލެ، (26އ) އެވެ.
އަބްދުލްމަޖީދު ފުލުހަށް ހާޒިރުކުރަނީ މައްސަލައެއްގައި ސުވާލު ކުރުމަށް ކަމަށްވެސް ފުލުހުންގެ އިއުލާނުގައި ވެއެވެ.
ފުލުހުން ވަނީ އޭނާ ހުޅުމާލެ ފުލުހަށް މި މަހުގެ 12 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް އަންގާފައެވެ.

