މާލެ ސިޓީ ބޮޑުރަސްގެފާނު މަގުގައި މއިަދު ހަވީރުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން މަައުލޫމާތު ދިންގޮތުގައި މާލޭގެ ބޮޑުރަސްގެފާނު މަގުގައި މިއަދު ހަވީރު 5:42 ގައި ދެ ބަޔަކު ދެމެދު ހިނގި ހަމަނުޖެހުމުގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި، މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ހާޒިރުވެފައެވެ. އެހެންނަމަވެސް ހާދިސާ ހިނގި ތަނަށް ދިޔައިރު، ހަމަނުޖެހުން ހިންގި ފަރާތްތައް އެ ސަރަހައްދުން ވަނީ ގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

