މިދިޔަ ހޮނިހިރު ދުވަހު ހެނދުނު މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހަލިމަގުގައި ހިނގި މަރުވެރި އެކްސިޑެންޓުގައި ނިޔާވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ 60 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކުރެވި، އޭނާގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. އަދި އޭނާ ދުއްވި ސައިކަލު ވެސް ވަނީ ޓޯކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށް ކަމަށެވެ.
މިއީ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ހުންނަ ސޯލާ ޕެނަލްތައް ކައިރީގައި ޖަހާފައި ހުރި ކޯނެއްގައި ބިދޭސީ މީހަކު ދުއްވި ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އޭނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހުގެ ހެނދުނު 9:00 ހާއިރު ވަނީ ނިޔާވެފައެވެ.

