ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އަލުން އިޢުލާނުކޮށްފިއެވެ. މި އިޢުލާނުގައި ބަޔާންކޮށްފަޔާންކޮށްފައިވާ ގޮތުގައި، އެންސްޕާގެ އޮފީސް ހިންގުމަށް ފަސް އަހަރުގެ މުއްދަތަށް އިމާރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.
މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގެ އުސޫލުންނެވެ. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00 ކަމަށާއި، ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ 17 ވަނަ ދުވަހު ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މިއީ އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރާ ފުރަތަމަ އިޢުލާނެއް ނޫނެވެ. މީގެ ކުރިން، މިދިޔަުރިން، މިދިޔަ އަހަރުގެ ޖޫން މަހުގައިވެސް އެންސްޕާއިން އޮފީސް އިމާރާތެއް ހޯދުމަށް އިޢުލާނުކޮށްފައިވެއެވެ. އޭރު އެންސްޕާ ހިންގުމަށް ތިން ފްލޯއެއް ކުއްޔަށް ނަގާފައިވަނީ ކުރީގެ މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީގެ އާއިލީ ގެ ކަމަށްވާ މއ. ސީރާޒީ ގެއިންނެވެ. ނަމަވެސް މިއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސްއިން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ ކަމަށް ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ އެންސްޕާ ހިންގުމަށް ތަނެއް ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑުން އިޢުލާނުކުރުމުން، އެކަމަށް ކުރިމަތިލި ހަމައެކަނި ކުންފުނި ކަމަށްވާ މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށް ދޫކުރާ ތަނެއްގައި އެންސްޕާ ހިންގުމަށް ޓެންޑަރ ބޯޑުން ނިންމި ނިންމުމަށެވެ.
މި އައު އިޢުލާނާއެކު، އެންސްޕާ ހިންގުމަށް އާ އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ޕްރޮސެސްގެ ހާމަކަން ބޮޑުކުރުމަށާއި، ވާދަވެރި ބީލަމެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރެވެއެވެ.

