ގްލޯބަލް އައިކަން އެވޯޑްސް އަދި "ޝީ" ފޯ ދަ ނޭޝަން އެވޯޑްސްގެ އެއްކޮށްލެވިފައިވާ ޚާއްޞަ ރަސްމިއްޔާތުގައި، "ދަ ޝީ ކްރައުން" ގެ ނަމުގައި ދެވުނު ޚާއްޞަ މަޤާމު، ދިވެހިންގެ އެތައް ބަޔަކަށް އެނަން އެނގޭ، އެތައް އަހަރެއް ވަންދެން މުނިފޫހިފިލުވުމާއި ނެށުމާއި ފިލްމީދާއިރާގައި އުޅުމަށްފަހު، ވިޔަފާރިތެރެއަށް ނުކުމެ، އަމިއްލަ ބްރޭންޑަކަށް އަދު ވެފައިވާ ދިވެހި އަންހެން ވިޔަފާރިވެރިޔާ ސުނީތާ އަލީ އަށް ލިބިއްޖެއެވެ.
‘ދަ ޝީ ކްރައުން، އަކީ ސާފު ރިހިން ތައްޔާރުކޮށް، އަގުބޮޑު މަޢުދަނުތަކުން ޒީނަތްތެރިކޮށްފައިވާ ޚާއްޞަ ތާޖެކެވެ. މިސް އަރތް އަދި ދެ ޕްރިންސުން މި ތާޖު ހާމަކުރި މަންޒަރަކީ ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވުނު ވަގުތުތަކުގެ ތެރެއިން އެއް ވަގުތެވެ. ސުނީއަށް މި މަތިވެރި ފަޚުރު ލިބިގެން ދިޔައީ އޭނާގެ ވިޔަފާރީގެ ދާއިރާގައި ދައްކަމުންދާ ހުނަރުވެރިކަމާއި، އިޖުތިމާޢީ ޚިދުމަތުގައި އަދާކުރަމުންދާ މުހިންމު ދައުރަށް ބަލައިގެންނެވެ.
އިންޑިއާގައި 2017ގައި ނެރުނު ޖީކިއު މަޖައްލާގައި ސުނީތާގެ ހިތްވަރާއި އޭނާގެ ކެތްތެރިކަމާއި ގަނާކުރުމާ ކެރިގެން ކުރިމަތިލައި މަންޒިލާ ހަމައަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓަކީ "ޝީ" އެވޯޑު ރަސްމިއްޔާތުގައި ފާހަގަ ކޮށްލިި ވާހަކައެކެވެ. ސުނީތާއާމެދު ޕްރިޔަންކާ ދެކޭ ގޮތް، ބޮލީވުޑްގެ އަދި މުޅިދުނިޔޭގެވެސް އެހާ މަޝްހޫރު ފިލްމީތަރިއަކު ސުނީއާ މެދު ދައްކާފައިވާ ވާހަކަތަކަކީ، އަދި އެމަޖައްލާގައި ސުނީއާމެދު ލިޔެފައިވާ ވާހަކަތައް އެއީ، މިތާޖު ސުނީއަށް ހައްގުވާ ކަން ޔަގީންކޮށްދިން އެއް ހެއްކެއްކަން ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްފައެވެ. ޝީ ކްރައުންގެ ތާޖު ސުނީއަށް ދިނުމަށް ނިންމީ އެ މަޖައްލާގައި ސުނީއާ ބެހޭ ގޮތުން ލިޔެފައިވާ ވާހަކަތަކަށްފަހު އެވާހަކަތަކުގެ ހަގީގަތް ބަލައި ހޯދުމަށްފަހު، ސުނީތާއަކީ އަންހެނުންނަށް ހުރި ނަމޫނާއެއްކަމަށް ގަބޫލު ކުރެވިގެންނެވެ.
އެތައް ގަނައެއް ތެޅިގެންވެސް އަންހެނަކު ސާބިތުކަމާއެކު ކާމިޔާބީއަށް ވާސިލުވެވިދާނެކަން ހާމަކޮށްދީފައިވާ ސުނީއާމެދު ރަސްމިއްޔާތުގައި ބުނީ "އިނގިރޭސިބަހުން ލިޔެކިޔަން ނޭނގި ހުރި އަންހެނަކު، އަމިއްލައަށް ޒަމާނާއި ހާލަތާ އެއްހަމައަކަށް އައުމަށް އުނގެނި، ދަސްކޮށް، މަލާމާތަކަށް ނުބަލައި ކުރި ހިތްވަރަށް ސާބަސް ދޭ ކަމަށެވެ،
ތެދެކެވެ. ސުނީއަށް އިނގިރޭސި ނޭނގުނު ދުވަހެއްވެސް ވޭތުވެއްޖެއެވެ، އެކަމަކު އަދު ސުނީ އިނގިރޭސިން ވާހަކަދައްކައި އިނގިރޭސިން ލަވަވެސް ކިޔަނީ ފަރިތަކަމާއެކުގައެވެ.
މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ދުނިޔޭގެ ބިންމަތީގައި ނުވެއެވެ، މީހަކު ބުނެފައި އޮތް ވަރަށްބޮޑު ތެދެކެވެ.
ރަސްމިއްޔާތުގައި ސުނީއަށް މުހާތަބުކޮށް ގޮވާލީވެސް ރާއްޖޭގެ ޕްރިޔަންކާ މިނަމުންނެވެ. ކޮންމެއަކަސް ޕްރިޔަންކާ ޗޯޕްރާއަކީ ސުނީގެ އައިޑަަލްއެވެ. ދުނިޔޭގެ އެތް ފޭނުންނެއް އެމީހުންގެ އައިޑަލް ޝަޚްސިއްޔަތާ ބައްދަލުވޭތޯ މިންނެތް މަސައްކަތްތައް ކުރެއެވެ، ރާއްޖޭގައިވެސް މިފަދަ މީހުން ގިނައެވެ. އެހެންނަމަވެސް ސުނީ ކުރި ހިތްވަރުން އޭނާ ވަނީ ފޭނެއްކަން ސާބިތުކޮށްދީފައެވެ. އޭގެ ފޮނިނަތީޖާ އަކީ، ޕްރިޔަންކާ އަމިއްލަ އިސްނެގުމުގައި ބައްދަލުކޮށް، ޖީކިއު މަޖައްލާގައި ސުނީގެ ހަޔާތުގެ ދާސްތާން ގެނެސްދީފައިވާ ފުރިހަމަ ގޮތެވެ.
ގްލޯބަލް އައިކަން އެވޯޑްސްގެ ދަށުން އާ ގޮތްތަކާއި އައު ވިސްނުންތައް ގެނެސް، ލީޑަރޝިޕްގެ ރޮނގުން ކުރިއަރަމުންދާ ފަރާތްތަކަށް އެވޯޑް ދެވުނެވެ. އަދި "ޝީ" ފޯ ދަ ނޭޝަން އެވޯޑްސްގެ ދަށުން މުޖުތަމަޢުގެ ތަރައްޤީއަށް މަސައްކަތްކުރާ އަންހެނުންގެ ހިއްސާ ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރެވުނެވެ.

ސުނީ، ގްލޯބަލް އައިކަން އެވޯޑްސް ރަސްމިއްޔާތުގައި، ޝީކްރައުންގައި،
މި ރަސްމިއްޔާތުގައި އަންހެނުންގެ އެކި ދައުރުތައް ފާހަގަކުރެވުނެވެ. މިގޮތުން އަންހެން ދަރިއެއްގެ ގޮތުގައާއި، މަންމައެއްގެ ގޮތުގައާއި، މުދައްރިސާއެއްގެ ގޮތުގައާއި، ސިފައިންގެ މީހެއްގެ ގޮތުގައާއި، ޑޮކްޓަރެއްގެ ގޮތުގައާއި، ވަކީލެއްގެ ގޮތުގައާއި، ކަލާކާރެއްގެ ގޮތުގައާއި، އަދި ވިޔަފާރިވެރިއެއްގެ ގޮތުގައި އަންހެނުން އަދާކުރާ ދައުރު ފާހަގަކުރެވުނެވެ.
އެވޯޑް ލިބުނު ފަރާތްތަކުގެ ވާހަކަ ހިމަނައިގެން ޚާއްޞަ މަޖައްލާއެއް ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޖައްލާގައި އެވޯޑް ލިބުނު ފަރާތްތަކުގެ ކާމިޔާބީގެ ވާހަކަތަކާއި، އެ ފަރާތްތަކުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭނެއެވޯޑް ލިބުނު ފަރާތްތަކުގެ ވާހަކަ ހިމަނައިގެން ޚާއްޞަ މަޖައްލާއެއް ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޖައްލާގައި އެވޯޑް ލިބުނު ފަރާތްތަކުގެ ކާމިޔާބީގެ ވާހަކަތަކާއި، އެ ފަރާތްތަކުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭނެ
ސްރީލަންކާ، އިންޑިއާ، ނޭޕާލް، ދިވެހިރާއްޖެ، 4 ގައުމުގެ ތެރެއިން ތާޖަށް ހުށަހެޅި މީހުންގެ ތެރެއިން ސުނީތާއަށް މި އެވޯޑް ހާސިލު ވެފައިވަނީ ހައްގުވެގެން ކަމަށް އެވޯޯޑު ރަސްމިއްޔާތުގައި ބުނެފައިވެއެވެ. ހަގީގަތަކީވެސް ސުނީތާއަށް މި ޝަރަފު، މިތާޖު ލިބުނީ ހައްގުންކަމަށްވުމެވެ. ސުނީތާއަށް މި ފަހުރުވެރި ޝަރަފު ލިބުނީ ނުހައްގުންނޭ ބުނާނަމަ އެމީހަކު އަމިއްލައަށް ގަބޫލުކުރާނެ ހަގީގަތަކީ ސުނީތާ ސުނީ ބްރޭންޑަކަށް ވީ ހަމަ ފުންމައިގެން ގޮސް ބޮންތީގައި ހިފައިގެނެއް ނޫންކަމެވެ. ގިނަ އަހަރުތަކެއް އެއްކަމެއްގައި ދެމިހުރުމަކީ އެމީހާ އެކަމެއްގައި ފަހަތުންއަންނަ އެހެންމީހުންނަށްވުރެ ކުރިއަށް ދެމިގެންދާ ކަމެކެވެ. އޭގެ އިތުރަށް ބާކީ ދެން ހުންނަ ކަންތައްތަކަކީ އެމީހަކު އަމިއްލަ އަށް ތިމާއަކީ ގާބިލު މީހަކަށް ވުމަށް ކުރާ ހިތްވަރާއި މިންނެތް މަސައްކަތެވެ.
ސުނީތާއަކީ އެކަމުގައި މިސާލެކެވެ. ނަމޫނާއެކެވެ.
ޅަފުރާގެ ދަތި ހަނި ދޭތެރެއަކުން ދެމިގަނެގެން ދާއިރާގައި އެޅި ފިޔަވަޅާއެކު މަދު ދެތިންމީހެއްގެ ސަޕޯޓް އޮތަސް ނަފުރަތުގެ ކަޅިއެޅުންތަކާއި ބަދުބަސްތަކުގެ ތެރެއިން ކުރިއަށް ދިއުމަށް ކުރި ހިތްވަރުގައި ކަނޑައެޅި އަޒުމުގައި ދުވަހަކުވެސް ރައްދުދީ ބަސްބުނާ މީހާއަށް ފަހަތުން ޒުވާބުދީ މިފަދަ އެއްވެސް ކަމެއް ނުކޮށް، އުއްމީދެއް ސީދާ ކުރުމަށްޓަކައި ކުރީ މިންނެތް މަސައްކަތެވެ. މިހާތަނަށް ސުނީތާ، އޭނާގެ ކެރިއަރ ގައި ކުރިއަށް ނެގި ކޮންމެ ފިޔަވަޅަކާއެކު ދިމާވީ އެތައް ގިނަ ގޮންޖެހުންތަކެކެވެ. ގަނާ ކުރުންތަކާއި، ޖެއްސުން ކުރުމާއި ހަޑި ދެރަ ބަސްތަކެކެވެ. އެހެންނަމަވެސް މިއަދު އޭނާ އެހެރަ ހިސާބަށް ވާސިލުވެފައި އެހެރީ އެ މަލާމާތާއި ފުރައްސާރައާއި ހަޖޫޖެހުމާއި، މިހެން ގޮސް ނަން ހުސްކޮށް އަންހެނަކަށް ދިމާވާނެ އެންމެހާ ދަތި ކަންކަމާ ކުރިމަތިލަމުން ވެއްޓޭ ކޮންމެ ފަހަރެއްގައި އެއަށްވުރެ ބާރަށް ތެދުވެ ވެލި ފޮޅާލައި، ލިބުނު އަނިޔާއަކަށް ވީ ތަދަކާއެކު އިހުނަށްވުރެ ބާރަށް ކުރިއަށް ދިއުމުގެ ނަތީޖާއެވެ.
ހުވަދޫމީޑިއާ އިން ސުނީގެ މި ކާމިޔާބީއަށް ވަރަށްވެސް އުފާވެރި އަދި އެހާމެ ހޫނު މަރުހަބާއެއް ކިޔަމެވެ.

