މާލޭ އައިޖީއެމްއެޗް ކަައިރިން މާރާމާރީއެއް ހިންގައި އެތަނުން އެކަކަށް އަނިޔާވެއްޖެއެވެ. މިއީ މިއަދު ހިނގާދިޔަ ދެވަނަ މާރާމާރީއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީފައިވެއެވެ. އަދި މި ހާދިސާ ހިނގާފައިވަނީ މާލެ ކަނބާ އައިސަ ރަނިން ހިނގުން މަގުގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 08:41 އެހާކަންހާއިރުކަމަށް ފުލުހުން މައުލުމާތު ދެއެވެ.
ފުލުހުން ވިދާޅުވީ، ހާދިސާގައި އަނިޔާވި މީހާއަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭ ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީއަކު ވަނީ މާރާމާރީ ހިންގާފައެވެ. އަދި މި ހާދިސާގައި ޒަހަމް ދެމީހުން ވެސް އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވެއެވެ.

