އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކަނޑައަޅުއްވައިފިއެވެެ.
ރައިސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ހަމަޖައްސަވައިފައިވާކަމަށެވެ.
އަދި މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 2025 ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

