އެސްފީނާއާއި ހަސަދައަކީ ސަމާސާއެއް ނޫނެވެ. މަޅީގައި ޖެހިއްޖެނަމަ މިއީ އިންސާނާ ހަލާކުގެ ތެރެއަށް ވައްޓާލާނެ ވަރުގެ ނުބައި ކަމެކެވެ. އެސްފީނާއަކީ ހަސަދަވެރިކަމާއެކު ބަލާ ގޮތަކުން ނުވަތަ ބުނާ އެއްޗަކުން އެހެން މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުންދޭ ބާރެކެވެ. ހަސަދައަކީ ކިބުރުވެރި އިންސާނާގެ ހިތުގައި އުފެދޭ ރުޅިވެރިކަމެކެވެ. އިނގިރޭސި ބަހުން ބުނާނަމަ "ޖެލަސީ" އެވެ. މި ދެ ސިފައަކީ އިންސާނާގެ އަޚްލާޤާއި، އީމާންކަމާއި، އަދި މުޖުތަމަޢުގެ އެކުވެރިކަން ނަގާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ދެ ސިފައެވެ. އެހެންކަމުން، މި ދެ ސިފައިން ސަލާމަތްވުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.
އެސްފީނާއާއި ހަސަދައިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން
1. ﷲ އަށް ގާތްވުން: ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި، ދުޢާ ކުރުން އިތުރުކުރުން.
2. އިޚްލާޞްތެރިކަން އިތުރުކުރުން: އަމިއްލަ ނަފްސު އިޞްލާޙުކޮށް، ހެޔޮ ޢަމަލުތައް އިތުރުކުރުން.
3. އެހެން މީހުންނަށް ހެޔޮއެދުން: އެހެން މީހުންގެ ކާމިޔާބީތަކަށް އުފާކުރުމާއި، އެމީހުންނަށް ދުޢާކުރުން.
4. ޝުކުރުވެރިވުން: އަމިއްލަ ނިޢުމަތްތަކަށް ﷲ އަށް ޝުކުރުކުރުން.
5. ހެޔޮލަފާ މީހުންނާ ގުޅުން ބަދަހިކޮށް، ނުބައި މީހުންނާ ދުރުހެލިވުން.
އެސްފިނާއާއި ހަސަދައިން ސަލާމަތްވުމަށް ކުރެވިދާނެ ރުޤްޔާ
އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ނަފްސަށް ރުޤްޔާ ކުރުމެވެ. މިގޮތުން އަންނަނިވި އާޔަތްތަކާއި ދުއާތައް ކިޔާނީއެވެ. މި އާޔަތްތައް ޒަމްޒަމްފެން ނުވަތަ އެނޫން ފެނާއި ޒައިތޫނިތެޔޮ ނުވަތަ ކަޅުދިރި ތެލަށް ކިޔަވާފައި ބުއިކަމުގައިވިޔަސް ރަނގަޅުވާނެއެވެ. އަދި އެހެން އާޔަތްތަކާއި ދުޢާތަކުން ވެސް ރުޤްޔާ ކުރެވިދާނެއެވެ.
ރުޤްޔާގެ ގޮތުގައި ކިޔެވިދާނެ ބައެއް އާޔަތްތައް
سُورَة الْفَاتِحَة (1-7)
البقرة (255)
البقرة (285-286)
سُوْرَةُ الإخلاص (1-4)
سُوْرَةُ الفَلَقِ (1-5)
سُورَة النَّاسِ (1-6)
ސުންނަތުގެ ބައެއް ދުއާތައް:
"بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ" (مُسْلِم5829)
بِاسْمِ اللَّهِ يُبْرِيكَ وَمِنْ كُلِّ دَاءٍ يَشْفِيكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَشَرِّ كُلِّ ذِي عَيْنٍ (مُسْلِم: 5828)
اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَاسِ اِشْفِ أَنْتَ الشَّافِي لَا شَافِيَ إِلَّا أَنْتَ شِفَاءً لَا يُغَادِرُ سَقَمًا (الْبُخَارِي:5743)
أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (7 ފަހަރު) (أبوداود:3108)
للَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ لَا إِلَهَ إِلَّا أَنْتَ (أبو داود:5092)
بِسْمِ اللَّهِ تُرْبَةُ أَرْضِنَا بِرِيقَةِ بَعْضِنَا يُشْفَى بِإِذْنِ رَبِّنَا (البُخَارِي: 5745)

