މާދަމާ ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މާދަމާ ޕާސްޕޯޓުގެ ޚިދުމަތް އޮފީހަށް ހާޒިރުވެ ދޭނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އޮފީހަށް ހާޒިރުވެ ޚިދުމަތަށް އެދެވޭނީ އުމުރުން ދުވަސްވީ މީހުންނަށް އެކަންޏެވެ. އަދި ޕާސްޕޯޓު ހެދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ޚިދުމަތް ހޯދަން އައުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.
އަދި އެހެން ފަރާތްތަކުން އިމުގަ މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، މި ދުވަހު ޕާސްޕޯޓު ނަގަން އަންނަ ފަރާތްތަކުން ނަންބަރު ދޫކުރާނީީ ހެދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށް ކަމަށެވެ.
މިއީ ޕާސްޕޯޓު ހެދުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ހަމަޖެހިފައިވައިވާ ކަމެކެވެ.

