ކޮށްފައި ނުކުރާނީ ކޮން ކަމެއް ހެއްޔެވެ. މިއޮތީވެސް ފިސާރި ބޮޑު ކެއްސެއް ދީ މީހެއްގެ ލާރިކޮޅު ނުދީ ފިލާފައެވެ. އެވެސް ރަމަޟާން މަހުގެ ރޯދައިގެ ކުރިން ދިވެހިންގެ ސަގާފަތުގައި އޮންނަ މާހެފުމުގެ ކެއުމަކަށް ދިން އޯޑަރަކަށް ވީ ހިޔާނާތެކެވެ.
ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެކެވެ. އޭގައި މީހަކު ބުނެފައި އޮތީ އޭނައަށް ލިބުނު ކެހީގެ ވާހަކައެވެ.
މާހެފުމުގެ ބޮޑު ކެއުމަކަށް އޯޑަރު ދިނުމަށްފަހު، އެ ތަކެތި ޑެލިވަރީ ކުރުމުން ކާއެއްޗިއްސާ އެކު ފިލައިގެން ދިޔައީއެވެ. ކާބޯތަކެތި ވިއްކި ފަރާތަށް ލިބުނީ 3،000 ރުފިޔާގެ ބޮޑު ގެއްލުމެކެވެ.
މި މައްސަލައިގެ ތަފްސީލު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާ ގޮތުގައި އޯޑަރު ދިނީ ޝިހާން ނަމަކަށް ކިޔާ މީހެކެވެ. ވައިބަރ މެދުވެރިކޮށް އޯޑަރު ދިނީ އަވެއްޔާއި ކުޅިމަހުގެ 20 ތައްޓަށާއި، ކުޅިމަހާއި ރޮށްޓަށެވެ. އޭނާ އެދިފައިވަނީ މި ތަކެތި ދަރުމަވަންތަ ހޮސްޕިޓަލަށް ޑެލިވަރީ ކޮށްދިނުމަށެވެ.

ސޯޝަލްމީޑިއާގައިކޮށްފައިވާ ޕޯސްޓުގެ ސްކްރީންޝޮޓެއް / ފޮޓޯ:އެފްބީ
"މާހެފުމުގެ ކާތަކެތި" ވިއްކާ އެ މީހާ ބުނެފައިވާ ގޮތުގައި އޯޑަރު ދިން މީހާ އެދުނީ ހޮސްޕިޓަލުގެ ބޭރު ކައުންޓަރާ ދިމާލުން ވަކި ތަނެއްގައި ތަކެތި ބަހައްޓައި، އެތަނުގެ ފޮޓޯއެއް ފޮނުވުމަށެވެ.
"އެތަނުގައި ބައިންދާފައި ފޮޓޯއެއް ފޮނުވާ. އަހަރެން މީނީ ކްލާހުގައި" ޝިހާން ނަމަކަށް ކިޔާ އެމީހާ ބުނިކަމަށް ވިއްކި ފަރާތުން ބުނެފައިވެއެވެ.
"މާހެފުން" ޑެލިވަރީ ކުރުމަށްފަހު ފޮޓޯ ފޮނުވި ކަމަށް އެމީހާ ބުންޏެވެ. އޯޑަރު ދިން ޝިހާން އެތަކެތި ލިބުނު ކަމަށާއި އަދި އޭގެ ތަންކޮޅެއް ފަހު މާހެފުން ވަރަށް މީރު ކަމަށް ބުނެ މެސެޖުވެސް ކުރިއެވެ. "މާޝާﷲ. ކާއެއްޗެހި ވަރަށް މީރު،" މާހެފުން ވަގަށް ގެންދިޔަ މީހާގެ މެސެޖު ކިތަންމެހާވެސް ހިތްގައިމެވެ. އެހެނަސް އަގު ކޮބައިބާވަައެވެ!
އެމީހާ ބުނީ ފައިސާ އެރޭ 9:30 އަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ފައިސާ ދައްކަން ބުނި ވަގުތު ފާއިތުވީއިރުވެސް ފައިސާ ނުދައްކައި، އެންމެ ފަހުން ޝިހާން ތިމަންނާގެ ފޯނު ނަންބަރު ބްލޮކްކޮށްލީ ކަމަށް މާހެފުން ތައްޔާރުކޮށް ވިއްކާ މީހާ ވަނީ ބުނެފައެވެ.

ސޯޝަލްމީޑިއާގައިކޮށްފައިވާ ޕޯސްޓުގެ ސްކްރީންޝޮޓެއް / ފޮޓޯ:އެފްބީ
އެހެން ނަންބަރަކުން ގުޅުމުން ވެސް އޯޑަރު ދިން ފަރާތުން ފޯނަށް ޖަވާބު ނުދޭ ކަމަށް ވިއްކި ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
ވައްކަމެއް ކޮންމެ ގޮތަކަށް ކުރި ކަމަށް ވިނަމަވެސް އެވާނީ ވައްކަމަކަށެވެ. މަކަރާއި ހީލަތުން މީހެއްގެ އިތުބާރާއި ޔަގީންކަމަށް ކެހި ދިނީމާ އެވާނީ ކެހި ދިން ކަމަށް ނޫން އެހެން ދެން ކޮން ކަމަކަށް ހެއްޔެވެ. ކޮންމެ އެއްޗެކޭ ބުނި ކަމުގައި ވިޔަސް މާހެފުން ހިފައިގެން ގޮސް ކިތަންމެ އަރާމު ތަނެއްގައި އިނދެ މީރުކޮށް ކައިގެން ވައެއް ލާފައި "ކެއުން ހަމަ ވަރަށް މީރު، މާޝާﷲ،" ބުންޏަކަސް އަގު ދިން ކަމަކަށް ނުވާނެއެވެ.

