މާލޭގެ މާވެޔޮމަގުގައި ހުންނަ ކެފޭއެއްގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި ނޭޕާލް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މައުލޫމާތުގައި ބުނީ، އުމުރުން 24 އަހަރުގެ ސިއްދާރްތާ ގުރުންގް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިނގާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ކަމަށެވެ. މިއީ ކެފޭގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލް މީހަކާއި ހެލްޕަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކާ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ހިނގައިދިޔަ މާރާމާރީއެއް ކަމަށެވެ. މި މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް މިހާރު ދަނީ ޞިއްޙީ ފަރުވާ ދެމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ނޭޕާލް ރައްޔިތާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 5 ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުނެރެފައެވެ.
ފުލުހުން ދަނީ މި މަައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

