ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުނުވެގެން ހޯދަމުންދާ ގ. ސީވޭވްގެ މުޙައްމަދު ތިބްޔާން ޝަހީން (24 އަހަރު) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ތިބްޔާން ޝަހީން ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަދަބު ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރުމުންވެސް ހާޒިރުނުވެގެން، 2025 ފެބްރުވަރީ 9 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން ވިދާޅުވީ ތިބްޔާން ޝަހީންއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތްތަކުން އެ މައުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށެވެ.
މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

