މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ ހިންދީ ބަހުން އިވޭ ކޭސަރު، އާދެ، ކުކުންއާ ބެހޭ ގޮތުންނެވެ. އަގުބޮޑު ނަމަވެސް، ކުކުން ލިބޭ އެއަގާ އެއްވަރަށް ކުޑަކުޑައެތިކޮޅަކުން ފުދޭ އެހާ ފައިދާ ގިނަ ޤުދުރަތީ ނިޢުމަތެކެވެ.
ކުކުން ނުވަތަ އިނގިރޭސި ބަހުން ސެފްރޮން އަކީ "ކްރޮކަސް ސެޓިވަސް" ކިޔާ މަލެއްގެ ކަރުގަނޑުން ނަގާ، ރީތި ރަތްކުލައިގެ، އަގުބޮޑު އަދި ވަރަށް ގިނަ ސިއްހީ ފައިދާތަކެއް ލިބޭ ޤުދުރަތީ ނިޢުމަތެކެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ލިބެން ހުންނަ އެއްޗެކެވެ.
ކުކުމުގެ އަގުބޮޑުވުމުގެ ސަބަބު: ކުކުމަކީ އަގުބޮޑު އެއްޗެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. 450 ގްރާމްގެ ކުކުން ލިބެން ހުންނަނީ 500 އާއި 5000 ޑޮލަރުގެ އަގެއްގައެވެ. މިހާ އަގުބޮޑުވަނީ މިއީ މަލުގެ ކަރުގަނޑުން ވަކިވަކިން އަތުން ނައްޓައިގެން ހިއްކަންޖެހޭ އެއްޗަކަށްވެފައި، މި މަސައްކަތަކީ ވަރަށް ބުރަ މަސައްކަތަކަށްވުމާއި، މި މަސައްކަތް ކޮށްދޭނެ ފަންނީ މީހުން މަދުވުމުންނެވެ.

އަގުބޮޑު ނަމަވެސް، ކުކުން ލިބޭ އެއަގާ އެއްވަރަށް ކުޑަކުޑައެތިކޮޅަކުން ފުދޭ އެހާ ފައިދާ ގިނަ ޤުދުރަތީ ނިޢުމަތެކެވެ./ ފޮޓޯ:ލައިފްސެލް
ސިއްޙީ ފައިދާތައް: ކުކުމަކީ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި އެއްޗެކެވެ. މީގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ރައްކާތެރިކަން ލިބި، އަލްޒައިމާސް އަދި ޕާކިންސަންސް ފަދަ ނިއުރޯޑީޖެނެރޭޓިވް ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން:
- ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދިނުން
- ނިދުމަށް އެހީތެރިވުން
- ލޮލުގެ ސިއްޙަތު ރަނގަޅުކުރުން
- ޕީރިއަޑްގެ ވޭން ކުޑަކޮށްދިނުން
- ހޯމޯނަލް މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވުން

އަގުބޮޑު ނަމަވެސް، ކުކުން ލިބޭ އެއަގާ އެއްވަރަށް ކުޑަކުޑައެތިކޮޅަކުން ފުދޭ އެހާ ފައިދާ ގިނަ ޤުދުރަތީ ނިޢުމަތެކެވެ./ ފޮޓޯ:ލައިފްސެލް
ބަލިތަކުން ރައްކާތެރިކޮށްދޭ ގޮތް: ކުކުމުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން އަސްތަމާ އަދި ޑިޕްރެޝަން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި ތަފާތު ބާވަތްތަކުގެ ކެންސަރު ސެލްތައް މަރާލުމަށް އެހީތެރިވެދޭ އަދި އިމިއުން ސިސްޓަމް ވަރުގަދަކޮށްދެއެވެ. މީގެއިތުރުން ހެޕަޓައިޓިސް ބީ، އެޗްއައިވީ އަދި އެހެނިހެން ވައިރަސްތަކުން ރައްކާތެރިކަން ހޯދައިދެއެވެ.
އާންމު ސިއްޙަތަށް ކުރާ ފައިދާ: ކުކުން ބޭނުންކުރުމުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައި، ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ. ކުކުމަކީ ވަކި ޑޯޒަކަށް ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ. ކެއުމުގައި އާންމުކޮށް ބޭނުންކުރާނަމަ މީހާގެ ހަށިގަނޑަށް ގިނަ ފައިދާ ލިބެއެވެ.
މާބަނޑު މީހުންނަށް ކުކުމުގެ ފައިދާ
ކުކުމަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގައި ބޭނުންކުރަމުން އަންނަ، ޚާއްޞަކޮށް މާބަނޑު މީހުންނަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ބާވަތެކެވެ.

އަގުބޮޑު ނަމަވެސް، ކުކުން ލިބޭ އެއަގާ އެއްވަރަށް ކުޑަކުޑައެތިކޮޅަކުން ފުދޭ އެހާ ފައިދާ ގިނަ ޤުދުރަތީ ނިޢުމަތެކެވެ./ ފޮޓޯ:ލައިފްސެލް
ހަޖަމު ކުރުމަށް ލިބޭ ފައިދާ: މާބަނޑު މީހުންނަށް ދިމާވާ ހަޖަމުގެ މައްސަލަތަކަށް ކުކުމުން ޙައްލު ލިބެއެވެ. މީގެ ތެރޭގައި މޭ އެންދުމާއި، ކާއެއްޗެހި މަތިންއެރުމާއި ގޭސް ހެދުމުގެ މައްސަލަ ހިމެނެއެވެ. އަދި ހަޖަމުކުރާ ނިޒާމު ރަނގަޅުކޮށްދީ ހަށިގަނޑުގެ ހަރަކާތްތަކަށް އިތުރު ކުރިއެރުންތައް ދީ ކުދިއުނދަގޫތަކުން ދުރުކޮށްލަދެއެވެ.
އެންމެ ހާއްސަ އެއް ކަމަކީ ބަނޑު ބޮޑުވަމުން އަންނައިރު، ވާންވުމުން ހިރުވާ ހިރުވުމަށް ކުކުންތެޔޮ ފޮދަކުން އުނގުޅާލުމުން އެލިބޭ އަރާމާއި ހިރުވުން ދުރުކޮށްދީ އެލިބޭ އަރާމަކީ މާބަނޑު އަންހެނުންނަށް ލިބޭނެ ވަރަށްވެސް ބޮޑު އުފަލެކެވެ.
ލޭގެ ޕްރެޝަރަށް ކުރާ ފައިދާ: މާބަނޑު މީހުންގެ ލޭގެ ޕްރެޝަރ ކޮންޓްރޯލް ކުރުމަށް ކުކުން އެހީތެރިވެދެއެވެ. މިއީ މާބަނޑު މީހުންނަށް ވަރަށް މުހިންމު ކަމެކެވެ.
މޫޑު ސްވިންގްސް ކޮންޓްރޯލް ކުރުން: މާބަނޑު ދުވަސްވަރު އަންނަ މޫޑު ސްވިންގްސް ކޮންޓްރޯލް ކުރުމަށް ކުކުން އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން މާބަނޑު މީހާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެއެވެ.

އަގުބޮޑު ނަމަވެސް، ކުކުން ލިބޭ އެއަގާ އެއްވަރަށް ކުޑަކުޑައެތިކޮޅަކުން ފުދޭ އެހާ ފައިދާ ގިނަ ޤުދުރަތީ ނިޢުމަތެކެވެ./ ފޮޓޯ:ލައިފްސެލް
ހެނދުނުގެ ބަލިމަޑުކަމަށް ފަރުވާ: ކުކުން ބޭނުންކޮށްގެން ތައްޔާރުކުރާ ސައި ބުއިމުން މާބަނޑު މީހުންނަށް ޖެހޭ ހެނދުނުގެ ބަލިމަޑުކަމާއި ގެއިން ބޭރަށް ނުކުމެ އުޅޭއިރު އަދި މަގުމަތީގައި ދަތުރުކުރާއިރު ޖެހޭ ބަލިމަޑުކަން ފިލުވައިދެއެވެ. މިއީ ހޯމޯނަށް އަންނަ ބަދަލުތައް ހަމަޖައްސައިދޭތީ ލިބޭ ފަރުވާއެކެވެ.
ރިހުން ދުރުކޮށް ދިނުން: ބަނޑުގައި އުފެދޭ ރިހުމާއި އެހެނިހެން ވޭންތައް ކުޑަކުރުމަށް ކުކުން އެހީތެރިވެދެއެވެ. މިއީ މާބަނޑު މީހުންނަށް ލިބޭ ވަރަށް ބޮޑު ތަސައްލީއެކެވެ.
ވިހެއުމަށް ތައްޔާރުވުން: ކުކުމުގެ ސަބަބުން ވިހެއުމަށް ރަޙިމުގެ ދޮރު ހުޅުވުމުގައި ފަސޭހަކޮށްދީ ތައްޔާރުވުމަށް އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގެ މަސްތައް މުޅިން ލުއިކޮށްދޭތީ، ވިހެއުމަށް ހަށިގަނޑު ތައްޔާރުކުރުމަށް އެހީތެރިވެދެއެވެ.

އަގުބޮޑު ނަމަވެސް، ކުކުން ލިބޭ އެއަގާ އެއްވަރަށް ކުޑަކުޑައެތިކޮޅަކުން ފުދޭ އެހާ ފައިދާ ގިނަ ޤުދުރަތީ ނިޢުމަތެކެވެ./ ފޮޓޯ:ލައިފްސެލް
މާބަނޑު މީހުންނަށް ކުކުމުގެ ސަބަބުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. ނަމަވެސް، މާބަނޑު ދުވަސްވަރު ކުކުން ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އޭރުން އެންމެ ރައްކާތެރި ގޮތުގައި މި ޤުދުރަތީ ނިޢުމަތުގެ ފައިދާ ހޯދިދާނެއެވެ.
ކުކުމަކީ އަގުބޮޑު ނަމަވެސް، އޭގެ ސިއްޙީ ފައިދާތަކަށް ބަލާއިރު، އެ އަގާ އެކަށީގެންވާ އެއްޗެކެވެ. ޚާއްޞަކޮށް ގިނަ ބަލިތަކުން ރައްކާތެރިވުމަށާއި، ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މި ޤުދުރަތީ ނިޢުމަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ.

