އޭބީސީ ޖޫސް- އާފަލާއި ބީޓްރޫޓް އަދި ކެރެޓު ޖޫސް؛ ޞިއްޙަތަށް ފައިދާހުރި ޤުދުރަތީ މަޝްރޫބެއް، މިއީ ދުޅަހެޔޮ ލޫޅާފަތި ހަށިގަނޑަކަށް ހަންއޮމާން ތާޒާ މޫނަކަށް ރީތި އިސްތަށިގަނޑެއް ލިބިދިނުމަށް އެހީތެރިވެދޭ ޖޫހެކެވެ!
މިއަދުގެ ޒަމާނީ ދިރިއުޅުމުގައި، ގިނަ ބައެއްގެ ކެއުމުގެ އާދަތައް ހުރިގޮތުން އެކި ބާވަތުގެ ބަލިތަކަށް މަގުފަހި ވަމުން ދާއިރު، ޤުދުރަތީ ގޮތުން ތައްޔާރު ކުރެވޭ އޭބީސީ ޖޫހަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރި މަޝްރޫބެކެވެ. އާފަލާއި ބީޓްރޫޓް އަދި ކެރެޓް އެއްކޮށްގެން ތައްޔާރުކުރެވޭ މި ޖޫހުގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވެއެވެ.

ޤުދުރަތީ ގޮތުން ތައްޔާރު ކުރެވޭ އޭބީސީ ޖޫހަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރިބުއިމެއް / ފޮޓޯ:ކޮންޓިނެންޓް
ހަޖަމުކުރުމާއި ހަށިގަނޑުގެ ޑީޓޮކްސިފިކޭޝަން
އޭބީސީ ޖޫހުގައި އެކުލެވޭ ތަފާތު ބާވަތްތަކުގެ ފައިބަރުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަވެއެވެ. ޚާއްޞަކޮށް ބީޓްރޫޓްގައި ހުންނަ ޑީޓޮކްސިފައިކުރުމުގެ ޚާއްޞިއްޔަތުގެ ސަބަބުން ހަށިގަނޑުން ވިހަ ތަކެތި ބޭރުކޮށް، ބަނޑުގައި ބޭކާރު މަސްޖަހައި ސަރުބީ ވިރުވާލަދިނުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ އިމިއުނިޓީ ސިސްޓަމް ވަރުގަދަކޮށްދެއެވެ.

ޤުދުރަތީ ގޮތުން ތައްޔާރު ކުރެވޭ އޭބީސީ ޖޫހަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރިބުއިމެއް / ފޮޓޯ:އައިސްޓޮކް
ހިތުގެ ޞިއްޙަތާއި ލޭގެ ދައުރުވުމަށް އެހީތެރިވެދޭ
ބީޓްރޫޓްގައި އެކުލެވޭ ނައިޓްރޭޓްސްގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ. މީގެއިތުރުން އާފަލު އަދި ކެރެޓްގައި ހުންނަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހިތުގެ ޞިއްޙަތު ރަނގަޅުވެ، ލޭގެ ދައުރުވުން ހަރުދަނާވެއެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ.

ޤުދުރަތީ ގޮތުން ތައްޔާރު ކުރެވޭ އޭބީސީ ޖޫހަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރިބުއިމެއް / ފޮޓޯ:އައިސްޓޮކް
ލޮލާއި ގައިގެ ހަންގަނޑުގެ ދުޅަހެޔޮކަމަށްވެސް
ކެރެޓްގައި ގިނައިން އެކުލެވޭ ވިޓަމިން އޭ އަދި ބީޓާ-ކެރޮޓީންގެ ސަބަބުން ލޮލުގެ ފެނުމުގެ ބާރު ވަރުގަދަވެއެވެ. އަދި ހަމުގެ ސެލްތައް އައުކޮށްދީ، ޅަފަތީ ފެނުމެއް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން އިސްތަށީގެ ދުޅަހެޔޮކަމަށްވެސް މި ޖޫހުން ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ.

ޤުދުރަތީ ގޮތުން ތައްޔާރު ކުރެވޭ އޭބީސީ ޖޫހަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރިބުއިމެއް / ފޮޓޯ:އައިސްޓޮކް
ބޭނުންކުރަންވީ ގޮތާއި މިންވަރު
އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި، 1 އާފަލު، 1 ބީޓްރޫޓް، 1 ކެރެޓު، މި ތިން ބާވަތް އެއްވަރަކަށް ހަމަކުރާށެވެ. މިކްސްޗަރުގައި އެއްކޮށްލާށެވެ، ރަނގަޅަށް ފުރާނާލަންވާނެއެވެ.
ހެނދުނު ހުސްބަނޑާހުރެ ބުއިމަކީ ފައިދާ ކުރުވަނިވި ގޮތެވެ. މެންދުރު ވެސް މި ޖޫސް ބޭނުން ކުރެވިދާނެއެވެ. މަދުވެގެން 3 މަސްދުވަހު ގަވާއިދުން ބޭނުން ކުރުމުން އެދެވޭ ނަތީޖާ ފެންނާނެއެވެ.
ނަމަވެސް، އެއްވެސް ބޭހެއް ބޭނުން ކުރާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

