މާފަންނު ހައުސްޕްލާޒާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު، އަނެއްކާވެސް މިރޭ އެ ގެއާ ޖެހިގެން ހުރި މ. ނިއުޕްލާޒާގައި އަލިފާން ރޯވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވި ގޮތުގައި މިރޭގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 19:00 އާ ހާއިރު އެވެ. އަދި މި ވަގުތާ ހަމައަށްވެސް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބި، އެ ދެ ގޭގައި ދިރިއުޅޭ 55 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައިދޭން ޖެހުނެވެ.
މި ސަރަހައްދަކީ އަލިފާނުގެ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާ ސަރަހައްދެކެވެ. 2023 ވަނަ އަހަރު ވެސް މ. ޕްލާޒާހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ހާދިސާގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

