ބޮލުން ހަންފޮޅުމަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އާންމު މައްސަލައެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގެ ހަންގަނޑު ހިކުމާއި، ހުދު ކުނޑި އުފެދުން ހިމެނެއެވެ. މި މައްސަލައިގެ ސަބަބުން އިސްތަށިގަނޑު ހަލާކުވެ، އިސްތަށި ފޭބުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. ބޮލުގައި ހަންފޮޅުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ދުނިޔޭގެ 50% މީހުންނަށް އުމުރުގެ ވަކި ހިސާބެއްގައި މި މައްސަލަ ދިމާވެއެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގެ ހަންގަނޑު ހިކުމާއި ހުދު ކުނޑި އުފެދުން ހިމެނެއެވެ. މިއީ ހަންގަނޑު ހަލާކުވުމާއި، ހިކުމާއި އަދި އެލަރޖީގެ ސަބަބުން ދިމާވާ ކަމެކެވެ. ނަމަވެސް ގޭގައި ތިބެގެން ވެސް މިކަމަށް ފަރުވާ ދެވިދާނެއެވެ.
ގުދުރަތީ ތެލުން ދެވޭ ފަރުވާ: އެލޯވެރާއަކީ ބޮލުން ހަންފޮޅުން ހުއްޓުވުމަށާއި ބޮލުގެ ރިހުމަށް ބޭނުންކުރެވޭ މުހިންމު ގުދުރަތީ ވަސީލަތެކެވެ. އެލޯވެރާ ތެލުން ބޮލުގެ ހަންފޮޅުން މަދުކޮށްދީ، ހަންގަނޑު ހިކުން ދުރުކޮށް، އިސްތަށި ފެޅުން އިތުރުކޮށްދެއެވެ. ހަމައެހެންމެ، ސައިމަލު ތެލުގައި އެކުލެވޭ ވިޓަމިން އޭ އަދި ސީގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށި ފެޅުމަށް އެހީވެދެއެވެ.
ބޭކިން ސޮޑާ އާއި އޮލިވް އޮއިލް: ބޮލުގައި ހަންފޮޅުން ހުއްޓުވުމަށް ބޭކިން ސޮޑާ އާއި އޮލިވް އޮއިލް ބޭނުން ކުރެވިދާނެއެވެ. ބޭކިން ސޮޑާގައި އެކުލެވޭ މާއްދާތަކުން ބޮލުގައި ހުންނަ ޖަރާސީމު ނައްތާލައެވެ. އަދި އޮލިވް އޮއިލްގައި އެކުލެވޭ މާއްދާތަކަކީ ހަންގަނޑަށް ވަރަށް ފައިދާހުރި މާއްދާތަކެކެވެ. މި ދެ މާއްދާ އެއްކޮށްލައިގެން ބޭނުންކުރުމުން ބޮލުގެ ހަންގަނޑު ދުޅަހެޔޮވެ، ހަންފޮޅުން މަދުވެގެންދާނެއެވެ.

ގޭގައި ތިބެގެން، ބޮލުން ހަންފޮޅުމަށްފަރުވާ ދެވިދާނެ/ ފޮޓޯ: އައިސްޓޮކް
ކާށިތެލާއި ލުނބޯ: ކާށިތެލަކީ ހަންގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ތެލެކެވެ. ބޯ ދޮވުމުގެ ކުރިން ކޮންމެ ދުވަހަކު ކާށިތެޔޮ ބޭނުންކުރުމުން ހަންގަނޑު ހިކުން ކުޑަވެ، ހަންފޮޅުން މަދުވެގެންދާނެއެވެ. އަދި ލުނބޯ ހުތްފެނުން ބޯ ދޮވުމުން ޖަރާސީމު ނައްތާލައި، މަރުވެފައިވާ ސެލްތައް މަދުކޮށްދޭނެއެވެ.
ވިނެގަރ: ވިނެގަރ ފެނާ އެއްކޮށް ބޭނުންކޮށްގެން ދުވާލަކު ދެފަހަރު ބޯ ދޮވެ، 15 މިނިޓަށް ބެހެއްޓުމަށްފަހު ދޮވުމުން ހަންފޮޅުން އަވަހަށް ހުއްޓުވިދާނެއެވެ. ވިނެގަރގައި އެކުލެވޭ އެސިޑުން ބޮލުގެ ޕީއެޗް ލެވެލް ބެލެންސްކޮށްދޭނެއެވެ.
އެޕަލް ސައިޑަރ ވިނެގަރ އަދި ލުނބޯގެ ބޭނުން: އެޕަލް ސައިޑަރ ވިނެގަރ ބޭނުންކޮށްގެން މަރުވެފައި ހުންނަ ހަމުގެ ސެލްތައް ސާފުކޮށް، ހަންގަނޑުގެ ޕީއެޗް ބެލެންސް ހިފެހެއްޓިދާނެއެވެ. ލުނބޯ ވެސް ބޮލުން ހަންފޮޅުން ހުއްޓުވުމަށް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން، ފިޔާ ތެލުގައި އެކުލެވޭ ސަލްފާގެ ސަބަބުން އިސްތަށި ފޭބުން މަދުކޮށްދީ، ބޯތަލަވުން ހުއްޓުވައި، އިސްތަށިގަނޑު ވަރުގަދަ ކުރެއެވެ.
ޓީ ޓްރީ އޮއިލްގެ ބޭނުން: ޓީ ޓްރީ އޮއިލްއަކީ އޭގެ އެންޓިމައިކްރޯބިއަލް އަދި އެންޓި-އިންފްލެމޭޓަރީ ސިފަތަކުގެ ސަބަބުން ހަންފޮޅުން ހުއްޓުވުމަށް އެންމެ ރަނގަޅު އެކައްޗެވެ. ދިރާސާތަކުން ދައްކާގޮތުގައި 5% ޓީ ޓްރީ އޮއިލް ޝޭމްޕޫ ބޭނުންކުރުމުން 4 ހަފްތާގެ ތެރޭގައި ޑޭންޑްރަފްގެ އަލާމާތްތައް 41% އަށް މަދުވެއެވެ. ނަމަވެސް، ޓީ ޓްރީ އޮއިލް ބޭނުން ކުރަންވާނީ 2-3 ތިކި ކާށި ތެލާއެކުގައެވެ.

ގޭގައި ތިބެގެން، ބޮލުން ހަންފޮޅުމަށްފަރުވާ ދެވިދާނެ/ ފޮޓޯ: އައިސްޓޮކް
އޮމެގާ 3 ގެ މުހިންމުކަން: އޮމެގާ 3 އަކީ ހަށިގަނޑުގެ ސެލްތަކުގެ ބޭރުފަށަލަ އުފެއްދުމާއި، ހަންގަނޑުގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާއެކެވެ. ހަށިގަނޑުގައި އޮމެގާ 3 މަދުވުމުން ހަންގަނޑާއި އިސްތަށިގަނޑު ހިކި، ހަންފޮޅުމަށް މަގުފަހިވެއެވެ. އެހެންކަމުން، މަހާއި، މަސްތެލުގެ އިތުރުން ޗިއާ ސީޑްސް، ފްލެކްސް ސީޑްސް ފަދަ އޮމެގާ 3 ގިނައިން އެކުލެވޭ ކާނާ ކެއުމަކީ މުހިންމުކަމެކެވެ.
އިތުރު ސަމާލުކަން ދޭންވީ ކަންކަން: މީގެ އިތުރުން، ބޮލުގައި ހަންފޮޅުން ކޮންޓްރޯލް ކުރުމަށް ހޫނު ފެނުން ބޯ ނުދޮވުމާއި، ގަދަ ކެމިކަލް އެކުލެވޭ ޝެމްޕޫ ބޭނުން ނުކުރުމާއި، ބޯ ދޮވުމަށްފަހު ރަނގަޅަށް ހިއްކުން މުހިންމެވެ. އަދި ބޮލުގައި ހަންފޮޅުން އިތުރަށް ގޯސްވެއްޖެނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

