ދެ ބޮންޑެޑް ވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ އަށުހައްޓި މިލިއަން ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
ދެ ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި މުދާ ޤަވާއިދާ ޚިލާފަށް ނެރުނު މައްސަލައިގަ ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ވަނީޗއެކްޒޮޓިކް ވެއަރހައުސް ބޮންޑެޑްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ ކެމަލް ޔެލޯވ ބްރޭންޑްގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑު ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓަރ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް ސިނގިރޭޓް (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ފާހަގަވާ ކަމަށެވެ.
މީގެ އިތުރުން، އެސްޖީއެމް ބޮންޑެޑް ވެއާރ ހައުސެސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ American Legend ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލްމޮލަސެސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ދެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙްގީގް ކުރަމުން އަންނައިރު މި ދެ ބޮންޑެޑްވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެކްޒޮޓިކް އެންޓަޕްރައިޒަސް ބޮންޑެޑް ވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47,182,011.86 ރުފިޔާ އާއި އެސްޖީއެމް ބޮންޑެޑް ވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 20,720,412.54 މިލިއަން ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.
ބޮންޑެޑްވެއަރހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ ޢިމާރާތެއްގައި ނުވަތަ ޢިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް މިހާރު ވަނީ އިސްލާޙު ގެނެސްފައެވެ.

