ވިލާ ގްރޫޕްގެ ބާނީ އަދި މަޝްހޫރު ވިޔާފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެވުނު ބަޔޮގްރަފީ ފޮތް ނެރުނުތާ މާ ގިނަ އިރެއް ނުވެ ބަހާ ހުސްވެއްޖެއެވެ.
ވިލާ ފައުންޑޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިއަދު މެންދުރު ކުރިން ޗާޕު ކޮށްގެން ގެނައި ހުރިހާ ފޮތެއް ބަހާ ހުސްވެއްޖެއެވެ. އަދި ފޮތް ބޭނުންވާ މީހުންނަށް ބެހުމަށް ރޯދައިގެ ކުރިން އިތުރަށް ޗާޕުކޮށްގެން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ފައުންޑޭޝަނުން ހާމަކޮށްފައިވެއެވެ.
ރޭ ވިލާ ކޮލެޖްގައި ބޭއްވި ހަފްލާގައި ފޮތް އިފްތިތާހު ކުރެވިގެންދިޔައެވެ. މި ފޮތް ލިޔުއްވާފައިވަނީ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.
ފޮތް ނެރުމާ ގުޅިގެން، ގާސިމް އިބްރާހީމްގެ ހަޔާތުގެ މުހިއްމު ވަގުތުތައް ފޮޓޯތަކުން ދައްކުވައިދޭ މައުރަޒެއް ވިލާ ކޮލެޖުގައި މިއަދު ކުރިއަށްއެބަދެއެވެ.މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގާސިމް އިބްރާހީމްގެ ހަޔާތުނާމާ ފޮތް ހިލޭ ލިބިވަޑައިގަންނަވައެވެ.

