ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ ތެރެއިން ރިއަލް އެސްޓޭޓް ލޯނާއި، ގެސްޓްހައުސް ލޯނާއި އަދި ވޯކިން ކެޕިޓަލް ލޯނަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ، “މިއީ ދިވެހި ވިޔަފާރިތަކަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލުތަކެއް” ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ލޯނު ހޯދުމަށް ފަސޭހަކޮށްދިނުމަށްޓަކައި ގިނަ ޝަރުތުތަކެއް ލުއިކޮށްދީފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓް ލޯނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި،
- އިކުއިޓީ 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކުރުމާއި،
- ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
މީގެއިތުރުން،
- ދި މުއްދަތުގެ ކުލީ އެގްރީމެންޓާއެކު ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށްވެސް މިހާރު ލޯނަށް ހުށަހެޅޭނެއެވެ.
ގެސްޓްހައުސް ލޯނުގެ ދަށުން،
- ގެސްޓްހައުސް ރަހުނުގެ ގޮތުގައި ބެހެއްޓޭނެ ގޮތް ހަމަޖައްސައި،
- ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ގެސްޓްހައުސްތަކަށް 11 ޕަސެންޓުގެ ރޭޓުން ލޯނު ލިބޭނެ
- އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯނު ދޫކުރެވޭނެ
ވޯކިން ކެޕިޓަލް ލޯނުގެ ދަށުން،
- ވިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނައަށް ލޯނު ނެގޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

