ގޭތެރޭގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅުމުގައި އެންމެ އާންމުކޮށް ދިމާވާ ކަންތައްތަކުގެ ތެރޭގައި އިސްތިރި، އުނދުންމަތީ ހުންނަ ތެލި، ތަވާފަދަ ތަކެތީގައި ޖެހިގެން، ގައިގެ ހަންގަނޑުގެ ކުދިތަންތަން ފިހުން ހިމެނެއެވެ. މިފަދަ ފިހުންތަކަށް ގޭގައި ތިބެގެން ވެސް ފަސޭހަ ފަރުވާތަކެއް ދެވިދާނެއެވެ. ފަތިސްތަރިގެ މިއަދުގެ ބައިގައި އަޅުގަނޑުމެން އަލިއަޅުވާލާނީ މިފަދަ ފަރުވާތަކުގެ މައްޗަށެވެ.
އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ވަގުތުން ފިނިފެން އެޅުމެވެ. މަދުވެގެން 20 މިނެޓު ވަންދެން ފިނިފެން އަޅަން ޖެހެއެވެ. މިގޮތަށް ފިނިފެން އެޅުމުން ހޫނުކަން ދަށްވެ، ފިހުމުގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރެވޭނެއެވެ. އަދި ފިނި ތެތް ފޮތިގަނޑެއް 5-15 މިނެޓަށް އަޅާފައި ބޭއްވުމުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.
ސާފު މާމުއި
މާމުއި މިއީ ފިހޭތަންތަނަށްވެސް އަދި ކަނޑައި ގެންދާ ތަންތަނުގެ ރިހުމަށްވެސް އެއްވަނަ ފަރުވާއެކެވެ. ފިހުނުތަނުގައި ރަނގަޅުމިންވަރަކަށް މާމުއި އަޅައި ފިހުނުތަން މާމުއިން ފޮރުވާލާށެވެ.
މާމުއިފޮދު ފެނަށްވެ ދިޔަވާން ފެށުމުން ފިނިފެން އަޅައި ދޮވެލާށެވެ. އަތުގެ އިނގިލި ތަކުން ހާކައި ނުހަދާށެވެ.

ފިހުންތަކަށް ސާފު މާމުއި ބޭނުންކުރުން- އެއްވަނަ ފަރުވާ!
ބޭކިންސޮޑާގެ ބޭނުން
ފިނިފެންފޮދަކަށް ބޭކިންސޮޑާ ސަމުސަލެއް އަޅާފައި ޕޭސްޓް ހަދާލާށެވެ. އަދި އެ ޕޭސްޓް ފިހުނުތަނުގައި އެޅުމުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. ބޭކިންސޮޑާ އަދި އެއްކޮށްލި ފެނާއިއެކުވެގެން ލިބޭ ވިޓަމިންތަކުގެ ސަބަބުން ހަމުގެ ރައްކާތެރިކަމަށް އެހީތެރިވެދެއެވެ.

ބޭކިންގ ސޯޑާ- ވިޓަމިން އެކުލެވޭ، ފިހުންތަކަށް ރަނގަޅު އެއްޗެއް
ކިއުކަންބާގެ ބޭނުން
ސާފު ކިއުކަންބާ ފޮއްޗެއް (މާތުނި ނޫން)ފިހުނުތަނުގެ މަތީގައި ބާއްވާށެވެ. ވަރަށް ބޮޑަށް ފިނިވެ ލުއިވާނެއެވެ. ކިއުކަންބާގައި އެކުލެވޭ ޤުދުރަތީ މާއްދާތަކުގެ ސަބަބުން ހަންގަނޑު އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދެއެވެ. އަދި ހަމުގެ އިންފެކްޝަން ވިޔަ ނުދިނުމަށް ވެސް ކިއުކަންބާ ބޭނުންތެރިއެވެ.

ކިއުކަމްބަރ އިން ފިހުންތަކަށް ފިނިކަން ލިބޭނެ
ގްރީން ޓީ ބޭގުގެ ބޭނުން
ގްރީން ޓީ ބޭގެއް ފިނިފެނުގައި ތެންމާލުމަށްފަހު ފިހުނުތަނުގެ މަތީ އެޅުމުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. ގްރީން ޓީގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ މާއްދާތަކުގެ ސަބަބުން ދުޅަވުން ކުޑަވެ، ތަދު ލުއިވާނެއެވެ.

ގްރީން ޓީ- އެންޓި އިންފްލޭމެޓެރީ މާއްދާތައް އެކުލެވޭ
އަލޯވެރާ
އަލޯވެރާ ޖެލް ސީދާ ފިހުނުތަނުގައި އެޅުމުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.

ފިހުންތަށް ފަސޭހަކުރުމަށް އެލޯވެރާ އެހީވެދޭ
ސަމާލުވާންވީ ކަންތައްތައް
- ފިހުނުތަނުގައި ފޮޅު ނަގާފައިވާނަމަ އަމިއްލައަށް ފަޅާނުލުން
- ފިހުނުތަން އިރުގެ އަލިކަމުން ރައްކާތެރިކުރުން
- ފިހުނުތަނުގައި ރީތިވުމަށް ގެންގުޅޭ ކްރީމް ނުވަތަ ލޯޝަން ނުހޭކުން
- ފިހުނީ ބޮޑުތަނެއްނަމަ ނުވަތަ އިންފެކްޝަންގެ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުން
މި ފަރުވާތަކަކީ ކުޑަކޮށް ފިހޭފިހުންތަކަށް ގޭގައި ދެވިދާނެ ފަރުވާތަކެވެ. ނަމަވެސް ފިހުނީ ބޮޑުތަނެއް ނަމަ ނުވަތަ އިންފެކްޝަންގެ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

