މުދަލު ޒަކާތުގެ ގޮތުގައި ނިމިދިޔަ ޖެނުއަރީ މަހު ދައުލަތަށް 5.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2024 ވަނަ އަހަރުގެ މުދަލު ޒަކާތުން ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު 3.5 މިލިއަން ރުފިޔާއަށްވުރެ 1.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 8،800.05 ރުފިޔާ ކަމުގައި ރާއްޖޭގެ ޒަކާތު ހައުސް އިން ވަނީ ކަނޑައަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ޑޮލަރުންނާއި ދިވެހި ރުފިޔާ އިން ޒަކާތް އަގު ކުރެވޭނެ އިންތިޒާމްވެސް މީރާގެ ވެބްސައިޓުން ވަނީ ހަމަޖައްސައިދީފައެވެ.
މުދަލު ޒަކާތް ދެއްކުން މީރާއަށް 2016 ވަނަ އަހަރު ބަދަލުކުރި ފަހުން މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖަައްސާފައެވެ.

