މާލެ ސިޓީ ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް “ރޯދަ ސާފު” ގެ ނަމުގައި މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޙަރަކާތަކީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިޔަށް ގެންދާ ޙަރަކާތެކެވެ.
މި ޙަރަކާތް ފެށުމަށް ހަމަޖށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:15 ގައެވެ. މި ޙަރަކާތުގައި ސަރުކާރުގެ 20 އަށްވުރެ ގިނަ މުއައްސަސާތަކުން ބައިވެރިވާނެ ކަމަށް ވަނީ އިޢުލާނު ކޮށްފައެވެ. މީގެ ތެރޭގައި އެކި މިނިސްޓްރީތަކާއި، ސަރުކާރު ކުންފުނިތަކާއި، މިނިވަން މުއައްސަސާތައް ހިމެނެއެވެ.
މި ޙަރަކާތުގެ ދަށުން މާލޭގެ މުހިންމު އެކި ސަރަޙައްދުތައް ސާފުކުރެވޭނެއެވެ. އެގޮތުން
- އިންޑަސްޓްރިއަލް ޒޯން،
- އުސްފަސްގަނޑު ސަރަޙައްދު،
- ލޮނުޒިޔާރަތް ޕާކު ސަރަޙައްދު،
- ހެދިގޮނޑުދޮށު ސަރަޙައްދު،
- އަލިމަސް ކާނިވާ ސަރަޙައްދު،
- މަސްވެރިންގެ ޕާކު ސަރަޙައްދު،
- އެމްޕީއެލް ސަރަޙައްދު
- ރަސްފަންނު ސަރަޙައްދު
މި ޙަރަކާތުގައި ބައިވެރިވާ މުއައްސަސާތަކުގެ ތެރޭގައި
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން،
- މިނިސްޓްރީ އޮފް ޑިފެންސް،
- މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ،
- މިނިސްޓްރީ އޮފް ހެލްތު
- އެމްޓީސީސީ،
- އާސަންދަ،
- ސްޓެލްކޯ،
- އެމްޑަބްލިޔުއެސްސީ
- އެހެނިހެން ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް
މި ޙަރަކާތަކީ ރަމަޟާން މަހާ ދިމާކޮށް މާލެ ސާފުކުރުމަށް ރޭވިފައިވާ ޚާއްޞަ ޙަރަކާތެއް ކަމަށްވާއިރު، މި ޙަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، ރަމަޟާން މަހަށް މާލެ އިތުރަށް ޒީނަތްތެރިވެގެންދާނެ ކަމަށް ބެލެވެއެވެ.

