ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނު މާލޭގެ 4 މިސްކިތެއްގައި ކުލަލުމުގެ މި ހަރަކާތުގައި ކުލަލެވުނު މިސްކިތްތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) އަދި މަސްޖިދުލް ސުލްތާނުލް ޢާދިލް ހިމެނެއެވެ. މި ހަރަކާތުގައި ބޭންކުގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ.
ބީއެމްއެލްގެ މުވައްޒަފުން އިސް ނަގައިގެން މިފަދަ އިޖުތިމާޢީ ހަރަކާތްތައް ގަވާއިދުން ކުރިއަށް ގެންދެއެވެ.
މިގޮތުން މިދިޔަ އަހަރުވެސް މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަ ލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތަކީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

