ޙަޔާތަކީ ﷲ ދެއްވާފައިވާ އަގުހުރި ހަދިޔާއެއްކަމަށާއި، އެ ރަނުގެ ފުރުޞަތު ފުރިހަމަގޮތުގައި ބޭނުން ކުރުމަށް ޑރ. އާދަމް ޝަމީމް މިރޭ ނަޞޭޙަތް ދެއްވައިފިއެވެ.
އަލް-އަސްރުން އިންތިޒާމް ކޮށްގެން “ފުރުސަތު” ނަމުގައި މިރޭ 20:30 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީ ރުއްގަނޑު 3 ސަރަހައްދުގައި ބޭއްވުނު ފުރުސަތު ނަމުގެ ޚާއްސަ ދަރުސްގައި ޑރ. އާދަމް ޝަމީމު ވިދާޅުވީ ދިރިއުޅުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަގުހުރި ހަދިޔާއެއް ކަމަށެވެ.
“މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާނީތޯ ނުވަތަ ގެއްލެނި ކުރާނީތޯއެވެ. ނަތީޖާ ނިކުންނާނީ އަޅުގަނޑުމެން މި ފުރުޞަތު ބޭނުންކުރި ގޮތަކަށެވެ،” ޑރ. ޝަމީމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މާތްﷲ ވަނީ ކޮންމެ އިންސާނަކަށްވެސް، ކޮންމެ މުޖުތަމައަކަށްވެސް، އަދި ކޮންމެ ޤައުމަކަށްވެސް ވަކި މުއްދަތެއް ކަނޑައަޅުއްވާފައި ކަމަށެވެ. އަދި އެ ވަގުތަކީ އެ ބަޔަކަށް ލިބިފައިވާ އަގުހުރި ފުރުޞަތެއް ކަމަށެވެ.
ޑރ. ޝަމީމް އިތުރަށް ވިދާޅުވީ، އިންސާނުންނަށް މާތްﷲ ގިނަ ފުރުޞަތުތަކެއް ދެއްވާފައިވީ ނަމަވެސް، އެއީ ވަކި މިންވަރަކަށް ކަނޑައެޅިފައިވާ އެއްޗެއް ކަމަށެވެ. އަދި އަޅުގަނޑުމެން އަމިއްލަ ނަފުސާއި، މުޅި ޚަލްޤުތަކާއި، އުޑުތަކާއި ބިމާއި، އޭގެ ދެމެދުގައިވާ ތަކެއްޗާއި، މި ދުނިޔޭގައި ހިނގާ ކަންކަމާމެދު ފިކުރުކުރަން ޖެހޭ ކަމަށެވެ.
މި ދަރުސަކީ އަލް-އަސްރުން، އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ބޭއްވި ދަރުހެކެވެ. އަދި މި ދަރުސް އަލްޢަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ގެނެސްދިނެވެ.
ޑރ. ޝަމީމަކީ އިލްމީގޮތުން ފުންނާބު އުސް އަދި ވަރަށް ގިނަބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ އިލްމުވެރިއެކެވެ. އަދި ޝެއިޚް އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ދަރުސް ތަކާއި ވޯކްޝޮޕްތައް ނަންނަގަވައިދެއްވަމުންނެވެ.

