ޗައިނާގެ ފުޖިއާން ރިސަރޗް އިންސްޓިޓިއުޓާއި މަސްވެރިކަމާބެހޭ ވުޒާރާ އާއި ގުޅިގެން ފާނަ އަދި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އިން ވިދާޅުވީ، މިއީ އެ ވުޒާރާގެ އެދިލެއްވުމަކަށް އެ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށެވެ. މަސްވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވީ މި ތަމްރީން ޕްރޮގްރާމްގައި ފާނަ އާލާކުރާނެގޮތާއި، ހުއިފިލަނޑާ އާލާކުރާނެގޮތް ދަސްކޮށްދީ، އެއަށް ބޭނުންވާ ކާނާ ތައްޔާރުކުރާނެގޮތާއި، ކާނާ ބަލެހެއްޓުމުގައި އަމަލު ކުރާނެގޮތް ދަސްކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެެވެ.
މިއީ ޗައިނާގެ ފުޖިއާން ރިޝާރޗް އިންސްޓިޓިއުޓްގެ 6 ޕްރޮފެސަރުންނާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހަމައެއާއެކު، ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ވުޒާރާގެ 20 ބައިވެރިން ބައިވެރިވާއިރު، ތަމްރީން ކުރިއަށްދާނީ 7 ދުވަހުގެ މުއްދަތަކަށް ކ.މަނިޔަފުށީގައެވެ
މިއީ އެ ވުޒާރާއިން ޗައިނާއާއި ގުޅިގެން މިފަދަ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

