ބޭނުންނުކޮށް ހުރި 200 އަށްވުރެ ގިނަ އުޅަނދު މާލޭގެ މަގުތަކުން ޓޯކޮށްފި އެވެ.
ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތް އިއްޔެ ފުލުހުން ކޮށްފައިވާއިރު، މި މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދުގެ އިތުރުން 3 ބައިސްކަލު ހިމެނެއެވެ.
ފުލުހުން މީގެ ކުރިންވެސް ގިނަ ފަހަރެއްގެ މަތިން ބޭނުންނުކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތަފްސީލް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ވެބްސައިޓުން ބެލޭނެއެވެ.

