ހިންދޫ ފެސްޓިވަލަކަށް ދިޔުމަށް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މައި ރޭލްވޭ ސްޓޭޝަނެއްގައި މީހުން ފިތި ބާރުވެގެން ހިނގި ހާދިސާއެއްގައި، 18 ވަރަކަށް މީހުން މަރުވެއްޖެއެވެ.
މިހިތާމަވެރި ހާދިސާ ދިންމމަހާ ކުމްބް މެލާ ކުރިއަށްދާ ޕްރަޔާގްރާޖް، ހިންދޫ ފެސްޓިވަލަށް ދަތުރުކުރުމަށް، ރޭލުސްޓޭޝަނުގައި ރޭލަށް އަރަން މަޑުކޮށްގެން ތިބި ފަސިންޖަރުން، ކުއްލިއަކަށް ގިނަވެ، އެކަކު އަނެކަކަށް ރޭލަށް އެރުމަށް ކޮއްޕައި ކުރިއަށް ޖެހެން އުޅުމުގެ ތެރޭގައި، ފިތި ބާރުވެގެންނެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް 08:00 ގައިކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައވެ.
ހޮނިހިރު ދުވަހުގެ ހޮނިހިރު ދުވަހުގެ ރޭ ނިއު ދިއްލީ ރެއިލްވޭ ސްޓޭޝަނުގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 5 ކުޑަކުދިން ހިމެނޭ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އޭޖެންސީ އަށް ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ރޭލް ސްޓޭޝަނުގައި މީހުން ފިތިބާރުވެފައިވާ މަންޒަރު/ ފޮޓޯ:އައިޓީ
ގިނަ މީޑިއާތަކުން ފުލުހުން ދީފައިވާ ލިސްޓަކަށް ހަވާލާދީ ބުނާ ގޮތުގައި، މަރުވި މީހުންގެ ތެރެއިން އެންމެ ހަގު އުމުރުގެ މީހަކީ 7 އަހަރުގެ ކުއްޖެކެވެ. އަދި އެންމެ ދުވަސްވީ މީހަކީ 79 އަހަރުގެ މީހެކެވެ. މަރުވި 18 މީހުންގެ ތެރެއިން 4 މީހުން ފިޔަވައި އެހެން އެންމެންނަކީ އަންހެނުންނެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރެއިން ގިނަ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާއަށްފަހު، މީހުން އެކަކު އަނެކަކުގެ ގައި މައްޗަށް ވެއްޓެމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތައް މީޑިއާއިން ދައުރުވަމުންދާއިރު، މި ވީޑީޔޯތަކުގައި ފުލުހުންނާއި އެހީގެ ޓީމުތަކުން ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރުވެސް ފެނެއެވެ.

