ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްކ. ކުޑަގިރި ފަޅު ތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.
މި މަޝްރޫޢުގެ ދަށުން ފަޅަށް ފައްތަން ހަމަޖެހިފައިވަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ. މިހާރު ވަނީ މަތިންދާބޯޓުތައް ފެއްތުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކޮށް، އެ މަސައްކަތަށް ބޭނުންވާ އެހެނިހެން ތައްޔާރީތައް ވެސް ކުރަމުންނެވެ.
މި މަޝްރޫޢުގެ ތިމާވެށީގެ އަސަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ގައި ފާހަގަކޮށްފައިވާ ގޮތުގައި މަތިންދާބޯޓު ގެންގުޅުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި މީހުންނަށް ސިއްހީ އަދި ޖިސްމާނީ ގެއްލުމުގެ ނުރައްކާ ކުރިމަތިވެދާނެއެވެ. އަދި ޑައިވް ސައިޓް ތަރައްގީ ކުރުމުގެ މަސައްކަތުގައި ކަނޑުމަތީގައި މަސައްކަތްކުރާ މީހުންނަށްވެސް މިފަދަ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ނުރައްކާތައް ކުޑަކުރުމަށްޓަކައި މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަސައްކަތްކުރުމުގެ އުސޫލުތައް ކިޔައިދީ، އެކަށީގެންވާ ތަމްރީނު ދޭންޖެހޭނެ ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ ޕިކްނިކް އައިލެންޑެކެވެ. މި ރަށުގައި ޒަމާނީ ވަސީލަތްތަކާއެކު ދަތުރުވެރިންނަށް ހާއްސަ ކޮޓަރިތައް ވެސް ޤާއިމްކޮށްފައިވެއެވެ. މި ޑައިވް ރެކް ސައިޓް ތަރައްގީކުރުމުން ކުޑަގިރީގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް ބެލެވެއެވެ.

