ވަގުތީ ގޮތުން ރަސްފަންނުގެ މޫދަށް އެރޭ ސަރަަަހައްދު ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މިއަދު ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަަަހައްދުގެ ބޮޑުބައެއްގައި ކިސަޑު ޖަމާވެފައި ހުރުމުން އެ ކަން ހައްލުކުރުމަށް މަަސައްކަތެއް ކުރަން ޖެހޭތީ ވަގުތީގޮތުން ރަސްފަންނުގެ އެސަރަހައްދު ބަންދުކުރާ ކަމަށެވެ.

ރަސްފަންނުން ބަންދު ކުރުމަށް ނިންމާފައިވާ ސަރަހައްދު
މާލެ ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާ ކަމަށެވެ.
މި މައްސަލަ އެކަން ހައްލުކުރުމަށްޓަކައި، މާދަމާ ހެނދުނު 9:00 ޖަހާއިރު ބީޗަށް ވެލި އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ އެ މަސައްކަތް ފަށަައިގެން ކުރިއަށްދާ މުއްދަތުގައާއި މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ބަންދުކުރެވިފައިވާނެ ކަމަށެވެ،

