ގދ. ތިނަދޫގައި ތަރައްގީކުރަމުންދާ އިންޑަސްޓްރިއަލް ޒޯންގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން އެމްޓީސީސީން ބުނި ގޮތުގައި، މަޝްރޫޢުގެ ދަށުން ކުރަމުންދާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ އާއި އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 96 އިންސައްތަ ވަނީ ނިމިފައެވެ. އަދި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ ވެސް ވަނީ ނިންމާފައެވެ.
2022 ވަނަ އަހަރު ފެށި މި މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 125.2 މިލިއަން ރުފިޔާއަށް، 660 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫޢުގެ ދަށުން ހިއްކާ ސަރަހައްދު ތަރައްގީ ކުރެވެމުންދަނީ ސިނާއީ އަވަށެއްގެ ގޮތުގައެވެ. މި މަޝްރޫޢު ނިމުމުން ތިނަދޫގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

