ތ. ހިރިލަންދޫގެ “ފަރުމާ” ދޯންޏަކުން މ. އަތޮޅު ސަރަހައްދުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.
މި ދޯނީގެ ފަޅުވެރިން ބުނާ ގޮތުގައި، އެމީހުންނަށް ފެނުނު އެއްޗަކީ މާވަހަރެއްތޯ ކަށަވަރު ކުރުމަށް ބޭނުންވެފައިވެއެވެ.
މާވަހަރަކީ ދިވެހިރާއްޖޭގެ ކަނޑުތަކުން ލިބޭ އަގުހުރި މުދަލެކެވެ. ނަމަވެސް މިފަދަ އެއްޗެއް ފެނުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. މާވަހަރު ވިއްކުމަކީ ޤާނޫނީ ގޮތުން ވަކި އުސޫލުތަކެއްގެ ދަށުން ކުރަންޖެހޭ ކަމެކެވެ.
މާވަހަރުތައް މޫދުގައި ލައްގާފައިވާއިރު މީގެ ކުރިން ފެނިފައި ވެއެވެ. އަދި މީހުން އެ މާވަހަރުތައް ވިއްކައިގެން މުއްސަދިވެފައި ވެސް އެބަ ހުއްޓެވެ.

