ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސާ ހަރ އެކްސެލެންސީ ޑޮކްޓަރ ވިޔޯސާ އޮސްމާނީ-ސަދްރިއު އާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަލްބީން ކުރްތީ އާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް، ކޮސޯވާގެ ރައީސާއަށާއި ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، ކޮސޯވޯގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ކޮސޯވޯގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ސަތާރަވަނަ ދުވަހުއެވެ.

