މާލޭގެ މާފަންނު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އެލްސިއޯ ބޭކަރީ އާ ކައިރިތަނެއްގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުުން، އެސަރަހައްދުން ދުން އަރަމުންދާތަން ފެނުނު ނަމަވެސް އެއީ ކޮން ތަނެއްކަމެއް އެނގޭކަށް ނެތެވެ.
އަދި އެސަރަހައްދުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ހަރަކާތްތެރިވަމުންދާތަން ފެނެއެވެ، އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް މި ހާދިސާއާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާބެހޭ މުވައްސަސާއަކުން އަދި ލިބިފައެއް ނުވެއެވެ.

