ދިރާގާއި މަމްސް އެއިޑް ގުޅިގެން މިއަހަރުވެސް “ރަމަޟާން އެއިޑް” ކެމްޕެއިން ފަށައިފިއެވެ.
މި ކެމްޕެއިންގެ ދަށުން ބޭނުންޖެހިފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ “ރަމަޟާން އެއިޑް” ޕްރޮގްރާމުގެ ދަށުން އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައިންނަށް ރަމަޟާން މަހު ބޭނުންވާނެ ޒަރޫރީ ތަކެތި ހިމެނޭ ކެއަރ ޕެކޭޖްތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މަމްސް އެއިޑް އަކީ އަބަދުވެސް މިފަދަ އެހީތެރިކަމުގެ ޕްރޮގްރާމްތައް ހިންގާ ޖަމިއްޔާއެއް ކަމުން، މި ފަދަ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އާންމުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ

