ގއ ގެމަނަފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ގެމަނަފުށި ކައުންސިލް ބަށި މުބާރާތް 2025 ގައި ބައިވެރިވުމަށް ޓީމް ތަކަށް ހުޅުވާލައިފިއެވެ.
މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކުން 27 ފެބުރުވަރީ 2025 ގެ 12:00 ގެ ކުރިން މުބާރާތުގެ ބައިވެރިވުމުގެ ފީ 500.00( ފައްސަތޭކަ ރުފިޔާ ) ދެއްކެވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުމަށް ކައުންސިލުން އެދެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައި ވެއެވެ.
މުބާރާތް ކުރިއަށް ދާނީ އޭޕްރިލް 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ގެމަނަފުށި ރަސްމީ ބަށިކޯޓުގައެވެ.

