ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމަށް ވިސްނަވާ ކަމަށާއި އެހެންނަމަވެސް އެކަމަށް ބޭނުންވަނީ ރަނގަޅު ޑީލެއް ކަމަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ބޭނުންވާ ނަމަ ރަނގަޅު ޑީލެއްގެ ތެރެއިން އެތަން ތަރައްގީކުރަން ސަރުކާރަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންމެވެ.
ގާސިމް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ލަސްވަމުންދަނީ ރާއްޖޭގެ ާއްޖޭގެ ކްރެޑިޓް ރޭޝިއޯ އާއި ވިލާ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން އެފަދަ މަޝްރޫއުއަކަށް ފައިނޭންސް ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.
“އެކަމަކު ސަރުކާރުން ވަކި ގޮތެއް ބޭނުންވެގެން ވިދާޅުވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ، ރީޒަނަބަލް ކަމަކަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް ގެއްލުން ނުވާ ގޮތަކަށް އެތަން ދޫވެސް ކޮށްލާ ގޮތަށް. އަޅުގަނޑުމެން ދަޖަލު ކުރުމެއް ވެސް ނެތް އިނގޭތޯ،” ގާސިމް ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުންދަނީ ގެއްލުމުގައި ކަމަށާއި، ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ހުރީ ޕެންޑިންގައި ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ. އަދި ކޮންމެ އަހަރަކު ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

