ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް އިލްތިމާސް!

ފާތިމަތު އިޝާ ، ހުވަދޫ މީޑިއާ19 Feb 2025
ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް އިލްތިމާސް!

ކިޔާލަން ހޭދަވާނީއެއް މިނިޓް

ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަމަޟާން މަހުގެ އިނާޔަތް ފުރިހަމައަށް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. މިކަން މިގޮތަށް އިލްތިމާސްކުރަން ޖެހުނީ ބައެއް ވަޒީފާދޭ ފަރާތްތަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާތީއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންޖެހެއެވެ. މި އިނާޔަތަކީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ މުވައްޒަފުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލިބެންޖެހޭ އިނާޔަތެކެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ވަގުތީ މުވައްޒަފުންނާއި، ޕްރޮބޭޝަން މުއްދަތުގައި ތިބޭ މުވައްޒަފުންނާއި، ޤާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް މި އިނާޔަތް ޙައްޤުވެއެވެ. ނަމަވެސް ފާއިތުވި އަހަރު މި އިނާޔަތް ނުލިބުމުގެ ގިނަ މައްސަލަތަކެއް އޮތޯރިޓީއަށް ހުށަހެޅިފައިވެއެވެ.

މިކަމާ ގުޅިގެން މާލީ ވުޒާރާއިން ވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް އަންގާފައެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ރަމަޟާން މަސް ފެށޭއިރު މި އިނާޔަތް ނުލިބޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ޓެގް

ލޭބާރ ރިލޭޝަންސް އޮތޯރިޓީ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ކުޅިވަރު
  • ކޮލަމް
  • ވާހަކަ
  • ފެންޑާ
  • ދީން
Huvadhoo MediaHuvadhoo MediaHuvadhoo MediaHuvadhoo Media

Copyright © 2021-2026 Huvadhoo Media.

All rights reserved

ކޮޑް އޮފް ކޮންޑަކްޓްކިޔުންތެރިންގެ ހިޔާލުޓެގްތައް
Photo Gallery
|—
އަހަރުތަކުން މިއަދު
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ކުޅިވަރު
  • ކޮލަމް
  • ފެންޑާ
  • ވާހަކަ
  • ދީން
  • ލައިފްސްޓައިލް
Huvadhoo Media