އެންމެ 40 ރުފިޔާއަށް އެސްޓީއޯއިން ލުނބޯ ކިލޯ ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
މިވަގުތު ބާޒާރުގައި ލުނބޯ ވިއްކަން ހުރީ 65 ރުފިޔާ އާއި 85 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ވޭތުވެދިޔަ ހަފްތާ ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް ވެސް އަރާފައިވެއެވެ. އެސްޓީއޯ އިން ލުނބޯ ވިއްކާ އަގަކީ މިހާރު ވިއްކާ އަގަށްވުރެ 15 ރުފިޔާ ކުޑަ އަގެކެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި 5 ކިލޯގެ ލުނބޯ ފޮއްޓެއް 145 ރުފިޔާއަށް ވިއްކާނެއެވެ. އަދި ފަސް ކޭހަށްވުރެ އިތުރަށް ނަގާނަމަ ފޮއްޓެއް 135 ރުފިޔާއަށް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.
އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އަގު ހެޔޮކޮށް ވިއްކަން ފަށާފައެވެ.

