މިއަދުގެ ބައެއް ވަގުތުތަކުގައި މާލޭގެ އެކި ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީކަމަށެވެ.

އެގޮތުން، މާލެގެ ދޫހިމެރި މަގާއި ކަލާފާނު ހިނގުން އަދި ކަށިމާ ހިނގުން ހިމެނޭ ސަރަހައްދުން، މިއަދު މެންދުރު 14:00 އާއި 16:00 އާ ދެމެދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

