ޒުވާން ކުދިންނަށް އަމާޒުކޮށްގެން މައި ސްޕޯރޓްސް އެކެޑެމީ (މައިސާ) ގެ ނަމުގައި ވޮލީ އެކަޑަމީއެއް ހުޅުވައިފިއެވެ.
މި އެކަޑަމީގެ ޓެކްނިކަލް ޑިވިޜަންގެ މަސައްކަތްތައް ހިންގަނީ ޤައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗު މުޙައްމަދު ޝަރަފްގެ ބެލުމުގެ ދަށުންނެވެ.
ފާއިތުވި ޖެނުއަރީ މަހު ފުރަތަމަ ބެޗުގެ ތަމްރީނުތައް ފެށި މި އެކަޑަމީގައި މިހާރު 50 އަށްވުރެ ގިނަ ކުދިން ތަމްރީނު ކުރަމުން ގެންދެއެވެ. މައިސާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު އެކަޑަމީން އަމާޒު ހިފާފައިވަނީ 12 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ކުދިންނަށެވެ.
12 އަހަރުން ދަށުގެ ޢުމުރުފުރާގައި ހިމެނެނީ ގްރޭޑް 1 އިން 5 އަށް ކިޔަވާ ދަރިވަރުންނެވެ. މި ޢުމުރުފުރާގެ ކުދިންނަށް ތަމްރީނު ދެނީ މިނީ ވޮލީގެ އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ. 16 އަހަރުން ދަށުގެ ޢުމުރުފުރާގައި ހިމެނެނީ ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުންނެވެ. މި ޢުމުރުފުރާގެ ކުދިންނަށް ތަމްރީނު ދެނީ ޖޫނިއަރ ވޮލީގެ އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ.
ޝަރަފް ވިދާޅުވި ގޮތުގައި، "އެކަޑަމީގައި މަސައްކަތްކުރާ ސްރީލަންކާގެ ކޯޗުން ހޮވަނީ އެ ޤައުމުގެ ތަޖުރިބާކާރު ކޯޗިންގ ޓީމަކުން ކޯޗުންގެ ފެންވަރު ވަޒަންކުރުމަށްފަހުގައި" އެވެ. މިހާރު އެކަޑަމީގައި މަސައްކަތްކުރަމުން ދަނީ އެފް.އައި.ވީ.ބީގެ ކޯޗިންގ ސެޓްފިކެޓް ހާސިލްކޮށްފައިވާ ސްރީލަންކާގެ ދެ ކޯޗުންނެވެ.

މައި ސްޕޯޓްސް އެކަޑަމީގެ ނަމުގައި ޒުވާނުންނަށް ޚާއްސަ އެކަޑަމީއެއް ހުޅުވައިފި
މައިސާއިން ވަނީ ރޯދަމަހަށްފަހު ގްރޭޑް 11 އާއި 12 ގެ ދަރިވަރުންނަށް، ނުވަތަ 20 އަހަރުން ދަށުގެ ޢުމުރުފުރައަށް ޚާއްޞަކޮށްގެން ޔޫތު ވޮލީ ބޯލްގެ ތަމްރީނުތައް ފެށުމަށް ރޭވިފައިވާ ކަމަށް ބުނެފައެވެ.
މިއީ މީގެ 30 އަހަރެއްހާ ކުރިން އުފެދިފައިވާ އެކުވެރިކަމާއި އެކު ދެގޮތެއްނުވެ ތިބި ސްކޫލް ދައުރުގެ ބައެއް އެކުވެރިން ގުޅިގެން ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި މި އެކަޑަމީގެ ތެރެއިން ތަމްރީނުވާ ކުދިންގެ ކިބައިން، ކުޅިވަރުގެ އަޚުލާޤާއި އަދި ކުދިންގެ ކެރެކްޓަރ ބިލްޑްކޮށް، އެކަކުއަނެކަކަށް އަޅާލާ ރީތި އާދަތަކެއް ފެންނާނެ ކަމަށެވެ.
މައިސާގެ މަސައްކަތްތައް މިވަގުތު މާލޭ ސަރަހައްދުގައި ހިގަމުން ދިޔަ ނަމަވެސް އަތޮޅު ތަކުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަން ވަނީ ޕްލޭންކޮށްފައެވެ.
މައި ސްޕޯޓްސް އެކަޑަމީ(މައިސާ)ގައި ކުދިން ބައިވެރިކުރުމަށް 7496972 އަށް ގުޅުމަށް އެ އެކެޑަމީން އެދިފައިވެއެވެ.

