އެއް ފުރާޅެއްގެ ދަށުން ގިނަ ބާވަތްތަކެއް ސާމާނު ލިބޭ ސަންފްރޮންޓުގެ ބޮޑު ފިހާރަ، "ސަންފްރޮންޓް ސެންޓްރަލް" މާލޭގައި ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުވާފައިވަނީ މަޖީދީމަގުގައި ހުންނަ މ. ހާވިލާގައެވެ. ދެ ފަންގިފިލާއަށް ހުޅުވި ސަންފްރޮންޓް ސެންޓްރަލްގައި ހާޑްވެއަރއާއި ހޯމް އެޕްލަޔަންސާއި ޕަވަރޓޫލްސްއާއި ހޭންޑްޓޫލްސް ފަދަ ގިނަ ބާވަތްތަކެއްގެ ސާމާނު ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެހެން އިހްތިޔާރުކޮށްފައިވާ ކޮލިޓީ އުފެއްދުންތަކެއް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް ސަންފްރަންޓުން މައުލޫމާތު ދެއެވެ. އަދި ހަމައެއާއެކު، މި ފިހާރައިން ވިއްކާ އެއްވެސް އުފެއްދުމެއްގައި މެނުފެކްޗަރިން މައްސަލައެއް ހުރެއްޖެނަމަ އެ މައްސަލައެއްގެ ހައްލު ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.
ފިހާރައިން ވިޔަފާރިކުރާ ފަރާތްތަކަށް ކޫޕަން ބޭނުންކޮށްގެން އަގުހުރި އިނާމްތައް ލިބޭ ޕްރޮމޯޝަނަކާއި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއްވެސް ސަންފްރޮންޓް ސެންޓްރަލްގައި ވަނީ ފަށާފައެވެ.
މި ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް، މެންދުރު 13:30 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށްކަމަށް ސަންފްރަންޓުން ބުންޏެވެ.

