ރިއާލް މެޑްރިޑްގެ މިޑްފީލްޑަރ ޖޫޑް ބެލިންހަމްއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭ ގޮތަށް އޭނާ ސްޕެއިންގެ ފުޓްބޯލް އެސޯސިއޭޝަން (އާރް.އެފް.އީ.އެފް) އިން ސަސްޕެންޑް ކޮށްފިއެވެ.
އޭނާ ސަސްޕެންޑްކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ރިއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗް 1-1 އިން އެއްވަރުވެ، އެ މެޗުގައި އޭނާ ރެފްރީއާއި ބޭއަދަބީކޮށް މުޚާޠަބުކޮށްފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުންކަމަށް އާރް.އެފް.އީ.އެފް އިން ބުނެފައިވެއެވެ.
މި ކަމާއި ގުޅިގެން ރިއާލްއިން ވަނީ ރެފްރީން ފަރުވާކުޑަކޮށް، ބަލަންވީގޮތައް މައްސަލަ ނުބަލާ ގޮތް ނިންމާކަން ފާހަގަކޮށް އެކަން ބަލައިދިނުމަށް އެދި ސްޕެނިޝް ލަލީގާ އަށް ޝަކުވާގެ ލިޔުމެއް ހުށަހަޅާފައެވެ.
މީގެ ސަބަބުން ރިއާލް މެޑްރިޑާއި އެ ގައުމުގެ ފުޓުބޯޅަ އިދާރާތަކާއި ދެމެދުވެސް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ބެލިންހަމްއަށް ކާޑް ދެއްކި މައްސަލައާއި ގުުޅިގެން އެމެޗުގެ ރެފްރީކަން ކުރި ރެފްރީ މޮންޓެރޯއަށް އާއްމުންގެ ފަރާތުން ލިބެމުންދާ އިންޒާރުތަކާއި ގުޅިގެން ރެފްރީންގެ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

