ކުރީގެ ރައީސް މައުމޫންގެ އަތުލިޔުއްވުމުން އަސްލަކަށް ބަލައިގެން ‘މައުމޫން، ގެ ނަމުގައި ޑިޖިޓަލް ފޮންޓެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.
މި ފޮންޓު ފަރުމާކުރަނީ ގިނަ އަދަދެއްގެ ތާނަ ފޮންޓުތަކެއް ފަރުމާކޮށްފައިވާ، "އަކުރު ޓައިޕް" ގެ ޓައިޕް ޑިރެކްޓަރ އަބްދުﷲ ޝަފީއު، އާންމު ނަމުންނަމަ އަބޯ އެވެ.
އެގޮތުން، އަކުރު ޓައިޕާއި މައުމޫން ފައުންޑޭޝަން ގުޅިގެން އުފައްދާ "މައުމޫން" ފޮންޓު އަންނަ ހުކުރު ދުވަހުގެ ރޭ ބޮޑުތަކުރުފާނުމަގުގައި ހުންނަ އާރޓް ގެލެރީގައި ނެރުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތަށްފަހު "މައުމޫނު" ފޮންޓް ދައްކާލުނަށް ހާއްސަ މައުރަޒެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިިފައެވެ. މި މައުރަޒު އޮންނާނީ އެދުވަހުގެ ހެނދުނު 10 އިން ރޭގަނޑު 11 އަށެވެ.
މި ފޮންޓް ފަރުމާކުރި އަބޯ ބުނެފައިވާގޮތުގައި ފޮންޓް ފައިނަލް ކޮށްފައިވަނީ ރައީސް މައުމޫން ދެއްވި ލަފާގެ ދަށުން ބައެއް އަކުރުތައް އިތުރުކޮށް، ފޮންޓަށް ބައެއް ބަދަލުތައް ގެނެއުމަށްފަހުކަމަށެވެ.
"އަކުރު ޓައިޕް" ވެބްސައިޓުން މި ފޮންޓް ޑައުންލޯޑް ކުރެވޭއިރު، މައުމޫނަކީ އަރަބިންވެސް ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އެގޮތުން، އިސްލާމީ މަރުކަޒުގައި ހުރި ބައެއް އަރަބި ލިޔުންތައް ލިޔުއްވީވެސް އެމަނިކުފާނުކަން ފާހަގަކޮށްލެވެއެވެ.

